
(ފޮޓޯ ކްރެޑިޓްސް: އިމިގްރޭޝަން)
އައްޑޫ ސިޓީއަށް މިއަހަރު އައި ފުރަތަމަ ކްރޫޒްލައިނަރއަށް މަރުހަބާ ކިޔައިފިއެވެ. މިއީ އެމްއެސް އައިލެންޑް ސްކައި ނަމަކަށްކިޔާ ކްރޫޒްލައިނަރއެކެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، އެމްއެސް އައިލެންޑް ސްކައި ކްރޫޒްލައިނާއިން ރާއްޖެއަށް 84 ފަތުރުވެރިންނާއި، 81 ފަޅުވެރިން އައިސްފައިވާކަމަށެވެ. އިމިގްރޭޝަނުން ވަނީ މި އެންމެންނަށް ކްލިއަރެންސް ދީފައެވެ. މި ކްރޫޒްލައިނަރ އައިސްފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށެވެ. މި ކްރޫޒްލައިން ރާއްޖެ އައިސްފައިވަނީ ސޭޝެލްސްއިންނެވެ. އިމިގްރޭޝަނުން ވިދާޅުވީ އައްޑޫގެ އިތުރުން ހއ. އުލިގަމު އަދި ހދ. މަކުނުދުއަށްވެސް މި ކްރޫޒްލައިނާ ބަނދަރުކުރާނެ ކަމަށެވެ.
މި ކްރޫޒްލައިނާއިން އައިސްފައިވަނީ ޔޫރަޕްގެ ފަތުރުވެރިންނެވެ، އޭގެތެރޭގައި ގިނައީ އިނގިރޭސި ފަތުރުވެރިންނެވެ.
މިއީ މިއަހަރު ރާއްޖެ އައި 3 ވަނަ ކްރޫޒްލައިނާއެވެ. މީގެކުރިން އައި 2 ކްރޫޒްލައިނަރވެސް އައީ މާލެއަށެވެ. އެ 2 ކްރޫޒްލައިނަރއިން ރާއްޖެއަށް 1056 ފަތުރުވެރިން އައެވެ. ރާއްޖެއަށް ދޭތެރެ ދޭތެރެއިން ކްރޫޒްލައިނަރތައް އާދެއެވެ. އަދި ކްރޫޒްލައިނަރތަކުން އަންނަ ފަތުރުވެރިން ރަށްރަށައްވެސް ފައިބައެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 242،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %4 އިތުރު އަދަދެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
