
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޤަޠަރުގެ ދައުޙާގައި ބޭއްވި 17 ވަނަ އަލް ޖަޒީރާ ފޯރަމްގައި ބައިނަލްއަޤްވާމީ އިސްވެރިން ވަނީ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ނަސްލުހޭދު ކުރުމުގެ ޢުދުވާނާއި، އޭގެ ސަބަބުން ދުނިޔޭގެ ސިޔާސީ މަޝްރަހަށާއި ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މި ޢުދުވާނުގެ ސަބަބުން ބައިނަލްއަޤްވާމީ އިދާރާތަކުގެ ނުކުޅެދުންތެރިކަން ހާމަވެ، އިންސާފުގެ ބަދަލުގައި ގަދަބާރުގެ ބޭނުންކުރުން އިސްވެފައިވާކަން ވެރިން ފާހަގަކުރެއްވިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވިދާޅުވި ގޮތުގައި މެދުއިރުމަތީގެ ކުރިމަގު ބައްޓަންވާނީ ފަލަސްޠީނުގެ މައްސަލައާ ގުޅިގެންނެވެ. އޭނާ ވަނީ ޔަހޫދީންނަށް ހަތިޔާރު ވިއްކުން ހުއްޓާލައި، އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައްވާފައެވެ. ސޮމާލިޔާގެ ރައީސް ޙަސަން ޝައިޚް މަޙްމޫދު ފާހަގަކުރެއްވި ގޮތުގައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްނުކުރެވިއްޖެ ނަމަ މުޅި ދުނިޔެއަށް ނުތަނަވަސްކަން ފެތުރޭނެއެވެ. އަދި ޔަހޫދީން ސޮމާލީލޭންޑާ ގުޅޭގޮތުން ނިންމި ނިންމުމަކީ ސަރަޙައްދީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ތުރުކީވިލާތުގެ މަންދޫބު ބުރްހާނަތިން ދުރާން ވިދާޅުވީ ޒަމާނީ ހަނގުރާމައިގައި މީޑިޔާއާއި ޑިޖިޓަލް މަންސަތަކަކީ މީހުންގެ ވިސްނުން ބަދަލުކުރުމަށް ބޭނުންކުރާ ހަތިޔާރެއް ކަމަށެވެ. އަލް ޖަޒީރާ ނެޓްވޯކުގެ މުޤައްރިރު ޝައިޚް ހަމަދު ބިން ޘާމިރު ވަނީ ހަޤީޤަތް ހާމަކުރުމުގައި ނޫސްވެރިން ވަމުންދާ ޤުރުބާނީތައް ފާހަގަކުރައްވައި، ޔަހޫދީން ނޫސްވެރިންނަށް އަމާޒުކޮށް ޙަމަލާދޭ ކަން ހާމަކުރައްވާފައެވެ. ފޯރަމްގެ ބައިވެރިން އެއްބަސްވެވަޑައިގެންނެވި ގޮތުގައި ޣައްޒާގެ ޢުދުވާނަކީ މުޅި އިންސާނިއްޔަތަށް ހުރި ބޮޑު ގޮންޖެހުމެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
