
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މި އަހަރުގެ ހޫނުމޫސުން އައުމުގެ ކުރިން، ޔޫކްރެއިނާއި ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނާނެ ގޮތެއް ދެ ޤައުމު ގުޅިގެން ހޯދަން އެމެރިކާއިން ބޭނުންވާކަމަށް، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށް ދިން ބަޔާނެއްގައި ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިނާއި ރަޝިޔާ އާދެމެދު މަޝްވަރާތަކުގެ އައު ބުރެއް އަންނަ ހަފުތާގައި، އެމެރިކާގެ މަޔާމީގައި ބޭއްވުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަމަށާއި، އެކަމަށް ޔޫކްރެއިނުން އެއްބަސްވެފައިވާ ކަމަށެވެ. ޒެލެންސްކީ ވިދާޅުވި ގޮތުގައި، މި އަހަރުގެ ހޫނުމޫސުން ފެށުމުގެ ކުރިން މި ހަނގުރާމަ ނިމުމަކަށް ގެންނަން އެމެރިކާއިން ބޭނުންވާ ކަމަށާއި، އެކަން ޙާޞިލްކުރުމަށް ދެ ޤައުމަށްވެސް އެމެރިކާއިން ބާރުއަޅާނެ ކަމަށެވެ.
މިގޮތުން، އެމެރިކާގެ ކޮންގްރެސްގެ މިޑް ޓާމްގެ އިލެކްޝަނުގެ ކުރިއަށް، އަންނަ ޖޫން މަހާ ހަމައަށް މި ހަނގުރާމަ ނިމުމަކަށް ގެންނަން އެމެރިކާއިން ބޭނުންވާކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. 2022ވަނަ އަހަރުން ފެށިގެން ޔޫކްރެއިންއާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އިސްވެ އޮވެ ތިން ޤައުމުގެ މެދުގައި މިދިޔަ ހަފްތާގައި އަބޫ ދާބީގައި ކުރިއަށްދިޔަ މަޝްވަރާތައް މާބޮޑު ކުރިއެރުމެއް ނުލިބި ވަނީ ނިންމާލައިފައެވެ. އެ ބައްދަލުވުމުގައި، ހަނގުރާމަ ނިމުމަކަށް އައުމަށްފަހު، ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އިޤްތިޞާދު އަލުން އާރާސްތުކުރުމަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވުނުކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
ޔޫކްރެއިންގެ ހަކަތައިގެ ވަޞީލަތްތަކަށް ވަރުގަދަ ޙަމަލާއެއް
ޔޫކްރެއިންގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް، ރަޝިޔާއިން ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައިވާކަމަށް ޒެލެންސްކީ ތުހުމަތުކުރެއްވިއެވެ. މިގޮތުން، މިއަދުގެ ވަގުތެއްގައި 400 ޑްރޯނާއި 40 މިސައިލް ޙަމަލާ، ޔޫކްރެއިންގެ ހަކަތަ އުފައްދާ ތަފާތު މަރުކަޒުތަކަށް އަމާޒުކޮށްފައިވާކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވިއެވެ. މަޝްވަރާގެ ރިވެތި އުޞޫލުތައް ދޫކޮށް، ރަޝިޔާއިން ކޮންމެ ދުވަހަކު ޚިޔާރުކުރަނީ އަސްކަރީ ޙަމަލާތައް އަމާޒުކުރުމަށްކަމަށް ވެސް ޒެލެންސްކީ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
