
(ފޮޓޯ ކްރެޑިޓްސް: ސީބީއެމް)
2025 ވަނަ އަހަރުގެ އެންމެ މޮޅު ކުރިކެޓް ކުޅުންތެރިޔަކަށް އިބްރާހިމް ރިޒާން ހޮވިއްޖެއެވެ. އޭނާއަށް މި ޝަރަފު ލިބިފައިވަނީ 1895 ޕޮއިންޓު ލިބިގެންނެވެ. ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ކުރިކެޓް ހަވީރުގައި މި އެވޯޑް ރިޒާންއާއި ހަވާލުކޮށްދެއްވާފަވަނީ ސީބީއެމްގެ ރައީސް މުހަންމަދު ފައިސަލްއެވެ. ރިޒާންއަކީ ކުރިކެޓްގެ ދާއިރާގައި ގިނަ ދުވަހުގެ ޚިދުމަތްކޮށް ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެގެންދިޔަ ޒުވާނެކެވެ. މިވަގުތު ރިޒާން އަންނަނީ ސީބީއެމްގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމް އަދާކުރައްވަމުންނެވެ.
މިއަހަރުގެ ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭނާ މިމަގާމާއި ހަވާލުވެފައިވާއިރު، ކްލަބް ކްރިކެޓްގެ އެއްވެސް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ދެން އޭނާއަކަށް ނޯންނާނެއެވެ. އެހެންނަމަވެސް ޑިވެލޮޕްމަންޓް ޓީމުތަކަށާއި ސޯޝަލް ކްރިކެޓް މުބާރާތްތަކުގައި ރިޒާނަށް ކުޅުމުގެ ފުރުސަތު ހުޅުވިފައިވާކަމަށް ސީބީއެމްއިންވަނީ ބުނެފައެވެ.
ރިޒާންއަކީ ކުރިކެޓް ކުޅުންތެރިއެއްގެ އިތުރުން އަމްޕަޔަރިންގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ. އޭނާވަނީ މެލޭޝިއާގައި ކުރިއަށްދިޔަ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ އަމްޕަޔަރު ޓިއުޓާ ކޯސް، ލެވަލް ވަން ފުރިހަމަކޮށްފައެވެ. އުމުރުން އެންމެ 17 އަހަރުގައި އަމްޕަޔަރުކަން ކުރަން ފަށާފައިވާ ރިޒާންއަކީ އެކި ފޯމެޓްތަކުގެ މުބާރާތްތަކުގައި އަމްޕަޔަރުކަންކޮށްފައިވާ ޒުވާނެކެވެ. އައިސީސީގެ އަމްޕަޔަރުކަމުގެ ސެޓްފިކެޓް ރިޒާން ހާސިލްކުރުމާއި ގުޅިގެން އޭނާއަށްވަނީ ރާއްޖޭގައި އަމްޕަޔަރުން ތަމްރީނުކުރުމުގެ ހުއްދަ ލިބިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
