
(ފޮޓޯ ކްރެޑިޓްސް: މެންޗެސްޓާރ ޔުނައިޓަޑް)
އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗަސްޓަރ ޔުނައިޓެޑުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާއަށް ބޮޅެއް އިތުރުކޮށްފިއެވެ. އިއްޔެ ހަވީރު އަމިއްލަ ދަނޑު، އޯލްޑް ޓްރެފޯޑުގައި ކުޅެ ޔުނައިޓެޑުން ޓޮޓްނަމް ހޮޓްސްޕަރގެ މައްޗަށް 0-2 އިން ކުރިހޯދިއިރު، މި މެޗުގެ ކުރިން ލީގުގައި އެންމެފަހުން އެ ޓީމުން ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފައެވެ. ޓޮޓްނަމްއާ ދެކޮޅަށް ވެސް ޔުނައިޓެޑުގެ ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގެ ޕޯޗުގަލް ތަރި، ބްރޫނޯ ފެރްނާންޑޭޒްގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. މެޗުގައި ދެ ޓީމުން ވެސް ދާދި ހަމަހަމަ ކުޅުމެއް ދައްކަމުން ދަނިކޮށް، މެޗުގެ އޮއެވަރު ބަދަލުވީ 29 ވަނަ މިނެޓުގައި ޓޮޓްނަމްގެ ކްރިސްޓިއަން ރޮމޭރޯ އަށް ދެއްކި ރަތްކާޑާ އެކުއެވެ.
މިއީ ޔުނައިޓެޑުގެ ބްރެޒިލް މިޑްފީލްޑަރު، ކަސެމީރޯއަށް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ދެއްކި ކާޑެކެވެ. މެޗުގައި ޔުނައިޓެޑުގެ ފުރަތަމަ ލަނޑު، 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރަޔަން އެމްބުއެމޯއެވެ. އަދި މެޗުން އެ ޓީމަށް ތިން ޕޮއިންޓު ޔަގީންކޮށްދިން ލަނޑު، 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރޫނޯ ފެރްނާންޑޭޒްއެވެ. ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވެ ރަނގަޅު ފޯމެއްގައި އޮތް ޔުނައިޓެޑަށް މިހާތަނަށް ކުޅުނު 25 މެޗުން 44 ޕޮއިންޓު ލިބިފައިވާއިރު، އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.
މެޗުން ބަލިވި ޓޮޓްނަމް އޮތީ 14 ވަނައިގައި 25 މެޗުން 29 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑްގެ މަތިން، ތާވަލުގެ ތިންވަނައިގައި އޮތް އެސްޓަން ވިލާއަށް 25 މެޗުން 47 ޕޮއިންޓު ލިބިފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
