
ޔޫރަޕިއަން ސުޕަލީގު އުފައްދަން އެއްބަސްވި 12 ކުލަބުގެ ތެރެއިން ސްޕޭނުގެ ބާސެލޯނާއިން އެ ކުންފުނިން ވަކިވުމުން ރެއާލް މެޑްރިޑް އެކަނި ވެއްޖެ އެވެ. ސުޕަލީގު އުފައްދަން އެއްބަސްވި 12 ކުލަބުގެ ތެރެއިން އެންމެ ފުރަތަމަ ވަކިވީ އިނގިރޭސި ހަ ކުލަބެވެ. މި ލީގު އިއުލާނު ކުރިތާ އެންމެ ހައެއްކަ ގަޑިއިރު ތެރޭގައި މި ކުލަބު ތަކުން ވަކިވީ ސަޕޯޓަރުންގެ ނުރުހުމާއި ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާގެ ހިތްހަމަ ނުޖެހުންތަކާ ހެދި އެވެ. އޭގެ ފަހުން ވަކިވީ ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑާއި އިޓަލީގެ މިލާނުގެ ދެ ކުލަބު ކަމަށްވާ އިންޓަމިލާނާއި އޭސީ މިލާނެވެ. މިއަށްފަހު 2024 ވަނަ އަހަރު ސުޕަލީގު ކުންފުނިން ވަކިވީ އިޓަލީގެ ޔުވެންޓަސް އެވެ.
ބާސެލޯނާއިން ވަކިވި މައިގަނޑު ސަބަބަކީ އެ ކުލަބަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާއެކު ޔޫއޭފާގެ ފިއްތުންތައް އިންތިހާ އަށް ދިއުމެވެ. ސުޕަލީގުން ވަކިވުމަށްފަހު ބާސެލޯނާއިން ބުނީ އެ މީހުން މިހާރު ބޭނުންވަނީ ޔޫއޭފާއާއެކު ގުޅުން ރަނގަޅު ކުރަން ކަމަށެވެ. ސުޕަލީގުން ބާސެލޯނާ ވަކިމިވީ އެ ކުލަބުގެ އިންތިހާބު މާދަމާ އިއުލާނު ކުރަން ހަމަޖެހިފައިވަނިކޮށެވެ. މި އިންތިހާބުގައި މިހާރުގެ ރައީސް ޖޯން ލަޕޯޓާ ވެސް ވާދަކުރައްވާނެ އެވެ. ދެ ވަނަ ދައުރަކަށް ހޮވެން އަމާޒު ހިފާފައިވާ ރައީސަށް މިވަގުތު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުލަބުގެ މާލީހާލަތެވެ. ހާއްސަކޮށް ސްޕޭނުގެ ފުޓްބޯޅައިގެ މާލީކަންކަން ހިފަހައްޓަންޖެހޭ މިންގަނޑުގައި ހިފަހައްޓައި މާލީ ގޮތުން މިނިވަންކަމާއެކު ހަރަދު ކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމެވެ. މިކަން ކުރެވެން އޮތީ ސްޕޭނިސް ލީގާއި ޔޫއޭފާ ރުއްސައިގެންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
