
ޓުވެންޓީ20 ކްރިކެޓް މުބާރާތް މޮޅަކުން ޕާކިސްތާނާއި އިންޑިޔާއިން ވެސް ފަށައިފި އެވެ. ލަންކާގައި ކުޅުނު މެޗު ޕާކިސްތާން ކާމިޔާބު ކުރީ ނެދަލޭންޑްސްއާ ވާދަކޮށް އެންމެ ތިން ވިކެޓުންނެވެ. މެޗުގައި ފުރަތަމަ ކުޅެން ނުކުމެ ނެދަލޭންޑްސް 19.5 އޯވަރު ތެރޭގައި އެންމެން ނުބައިވެގެން ނެދަލޭންޑްސް ހެދީ 147 ލަނޑެވެ. ޖަވާބުގައި ކުޅެން ނުކުމެ ޕާކިސްތާނަށް ފަހު ދެ އޯވަރާ ހަމައަށް ވެސް މޮޅުވެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އެހާތަނަށް އެ މީހުންނަށް ހެދުނީ ހެތް މީހުން ނުބައިވެގެން 114 ލަނޑެވެ. އެކަމަކު ފަހު ދެ އޯވަރުގައި ފަހީމް އަޝްރަފް ހަޔަކަށް ޖެހި ތިން ބޯޅަ އާއި ހަތަރަކަށް ޖެހި ދެ ބޯޅައިން ޕާކިސްތާނަށް މެޗު ލިބުނީ 148 ލަނޑު ހެދުމުންނެވެ.
މި މޮޅު ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ޗެއާމަން މޮހްސިން ނަގްވީ ހާއްސަކުރީ ފަހީމްގެ ޓުވިންސް ދެ ކުދިންނަށެވެ. ނަމަވެސް ނެދަލޭންޑްސްގެ އުކުންތެރިޔާ ޕައުލް ވެން މީކެރެން ބުނީ މެޗުން ޕާކިސްތާން މޮޅުވީކީ ނޫން ކަމަށާއި ނެދަލޭންޑްސް ބަލިވީ އަމިއްލަ މިސްޓޭކުން ކަމަށެވެ. “އަހަރުމެންނަށް ފަހު ދެ އޯވަރުގައި އެކަށީގެންވާ ގޮތަކަށް އޮގަނައިޒް ނުކުރެވުނީ. ޕާކިސްތާން މޮޅުވީކީ ނޫން. އަހަރުމެން އަތުން މެޗު ގެއްލުނީ. އެކަމަކު އެއް ކަމެއްގައި އަހަރެން އެ މީހުންނަށް ކްރެޑިޓް ދެން. އެއީ އެ މީހުން ގޭމްތެރޭގައި ތިބެ ފަހު ވަގުތާ ހަމައަށް ކަށިން ހިތްވަރު ނެރުނީތީވެ. މިއީ އަހަރުމެންނަށް ފިލާވަޅެއް. މުޅި ޓީމުގެ މަސައްކަތާމެދު އަހަރެން ހިތްހަމަޖެހޭ،” ޕައުލް ބުންޏެވެ.
މި މެޗުން ބަލިވިނަމަ ޕާކިސްތާނަށް ދެ ވަނަ ބުރަށް ދިއުމަށް ގިނަ މައްސަލަތަކެއް ކުރިމަތިވާނެ އެވެ. ސަބަބަކީ ގްރޫޕް ސްޓޭޖުގެ ހަތަރު މެޗުގެ ތެރެއިން އިންޑިޔާ މެޗު ނުކުޅެން އެ ގައުމުން ނިންމާފައިވާތީ އެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އިންޑިޔާ އަމިއްލަ ގައުމުގައި އިއްޔެ އެމެރިކާ އަތުން މޮޅުވީ 29 ލަނޑުންނެވެ. ފުރަތަމަ ކުޅެން ނުކުމެ އިންޑިޔާ ވަނީ 161 ލަނޑު ހަދައިފަ އެވެ. ފަހުން ކުޅެން ނުކުމެ 20 އޯވަރުން އެމެރިކާ އަށް ހެދުނީ 132 ލަނޑެވެ. މި މުބާރާތުގައި ވެސްޓް އިންޑީޒް ވަނީ ސްކޮޓްލޭންޑް ވެސް ބަލިކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
