
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޢުމާނުގައި ކުރިއަށްދާ އެމެރިކާއާއި އީރާނާ ދެމެދު ބާއްވާ ނިއުކްލިޔަރ މަޝްވަރާތަކުގެ ފެށުން ރަނގަޅު ކަމަށާއި މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާގްޗީ ވިދާޅުވެއްޖެއެވެ. ޢަރާޤްޗީގެ އިތުރުން އެމެރިކާގެ ޚާއްޞަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފްއާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖާރެޑް ކުޝްނާ ބައިވެރިވެވަޑައިގެންނެވި މި މަޝްވަރާތަކާ ގުޅޭގޮތުން އޭނާ އިތުރަށް ވިދާޅުވީ މަޝްވަރާއެއް ކުރިއަށް ގެންދިޔުމަށް އެ މަޝްވަރާތަކުގައި އިންޒާރު ދިނުމާއި ބިރުދެއްކުމާއި ފިއްތުންތައް ނުހިމެނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އީރާނުން މަޝްވަރާ ކުރާނީ ނިއުކްލިޔަރ މަޝްވަރާއާ ގުޅޭ ގޮތުން އެކަނި ކަމަށާއި އިތުރު މައްސަލައަކާ ގުޅޭގޮތުން އެމެރިކާއާއެކު މަޝްވަރާ ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އީރާނާއި އެމެރިކާއާ ދެ ޤައުމުން ތައްޔާރަށް އޮތް ނަމަވެސް އެމެރިކާއިން ނިއުކްލިޔަރއާ ބެހޭ ވާހަކަތަކުގެ އިތުރުން އީރާނުގެ ބެލިސްޓިކް މިސައިލްއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭނުންވެއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ އޭގެ އިތުރުން އެކި ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތްތަކަށް އީރާނުން ވާގިވެރިވުމާއި، އީރާނުގެ ރައްޔިތުންނާ މެދު ސަރުކާރުން ޢަމަލުކުރާ ގޮތާ ގުޅޭ ގޮތުން ވެސް އެމެރިކާއިން މަޝްވަރާ ކުރުމަށް ބޭނުންވާ ކަމަށެވެ. މަޝްވަރާތަކުގައި އީރާނުން ވަނީ ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްޤު އެ ޤައުމަށް ލިބިގެންވާ ކަމަށް ތަކުރާރުކޮށް ބުނެފައެވެ. އީރާނުން މުއްސަނދުކުރާ ޔުރޭނިއަމްގެ މިންވަރާ ގުޅޭ ގޮތުން ދެ ފަރާތަށް ވާހަކަ ދެއްކިދާނެ ކަމަށް އީރާނުން ބުނެއެވެ. އެ ކަމުގައި އީރާނުން ދޭ ދުލެއްގެ ބަދަލުގައި އެމެރިކާއިން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭން ޖެހޭނެ ކަމަށް ވެސް އީރާނުން ބުނެއެވެ.
ނަމަވެސް މަޝްވަރާތަކުގައި މިސައިލް މަޝްރޫޢުއާ ގުޅޭ ގޮތުން ވާހަކަ ދެކެވިފައެއް ނުވެއެވެ. އީރާނުގެ މިސައިލް މަޝްރޫޢުއަކީ މެދުއިރުމަތީގެ މި ފަދަ އެންމެ ވަރުގަދަ އެއް މަޝްރޫޢުއަށް ވިއިރު އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ދެކެނީ ނިޔުކްލިޔަރ މަޝްރޫޢުއާއި މިސައިލް މަޝްރޫޢުއަކީ ސަލާމަތީ ނުރައްކަލެއްގެ ގޮތުގައެވެ. ނަމަވެސް އީރާނުން ބުނަމުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއަކީ ސުލްޙަވެރި މަޝްރޫޢުއެއް ކަމަށެވެ. އަދި އެއްވެސް ޙާލަތެއްގައި މިސައިލްއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ. އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ކުރަމުން ދަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ޓްރަމްޕް މިހާރު ވަނީ އީރާނާއެކު ސީދާ އަދި ނުސީދާ ގޮތަން ވިޔަސް ވިޔަފާރި ކުރާ ކޮންމެ ޤައުމެއްގެ މައްޗަށް 25 އިންސައްތައިގެ ޓެރިފެއް ތަޢާރަފް ކުރައްވައިފައެވެ. ނިއުކްލިޔަރއާ ގުޅޭ އެއްބަސްވުމަކާ ހަމައަށް ނާދެވިއްޖެ ނަމަ އީރާނަށް ޙަމަލާ ދޭނެ ކަމުުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވައިފައެވެ. އަދި އީރާނުން ވެސް ވަނީ ޙަމަލާއެއް ދީފިނަމަ ރައްދުގައި ޙަމަލާ ދޭނެ ކަމަށް ބުނެފައެވެ. އެމެރިކާއިން ދަނީ މެދުއިރުމަތީގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިންނާއި އަސްކަރީ މަނަވަރުގެ ޢަދަދު ވެސް އިތުރުކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
