
ފުޓުބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްފައިވާ ފަރާތްތަކެއްގެ ބައްޕަ ކަމަށްވާ، ކްލަބް އީގަލްސްގެ ފުރަތަމަ މުއައްސިސް، ޙަސަން ޢަލީ ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޙަސަން އަލީ ނިޔާވީ، ލޭގެ ޕްރެޝަރު ދަށްވެ، މިދިޔަ ބުރާސްފަތި ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް، ރޭގެ ވަގުތެއްގައެވެ. ޙަސަން ޢަލީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ އަޞްރު ނަމާދަށްފަހު، މާލޭގައި ހުންނަ އާސަހަރާ މިސްކިތުގައެވެ. އީގަލްސްގެ ފުރަތަމަ މުއައްސިސް ޙަސަން ޢަލީ އަކީ، ފުރުސަތު ނުލިބިފައި ތިބި އެތައް ޒުވާން ކުޅުންތެރިންތަކެއް ފުޓުބޯޅައިގެ ތެރެއަށް ނެރެދިން ހިއްސާދާރެވެ. އެގޮތުން ކުލަބެއް ރަޖިސްޓްރީކުރަން ބޭނުންވެ، އުމުރު ހަމަނުވާތީވެ އެކަން ނުކުރެވިފައި ތިބި ޒުވާނުންތަކަކަށް، ކްލަބް އީގަލްސްގެ ނަމުގައި ކުލަބެއް ރަޖިސްޓްރީކޮށްދިނީ އެ ކުލަބުގެ މަސައްކަތް ފަށައިގަތުމުގައި ވެސް އެންމެ ބޮޑު ދައުރެއް އަދާކުރީ ޙަސަން ޢަލީއެވެ.
ޙަސަން ޢަލީ އަކީ ޤައުމީ ޓީމާއި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކެއްގެ ކޯޗުކަން ވެސް ކޮށްފައިވާ ޢަލީ ސުޒެއިންއާއި މިވަގުތު ޔުނައިޓެޑް ވިކްޓްރީގެ ކޯޗުގެ މަގާމުގައި ހުރި މުޙައްމަދު ނަޒީހުގެ ބައްޕައެވެ. މީގެއިތުރުން ވިކްޓްރީއާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ވީބީ އައްޑޫ އެފްސީއަށް ކުޅެފައިވާ ހުނަރުވެރި ޑިފެންޑަރު އިބްރާހީމް ސިނާޒް (ސިނާ) އާއި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ގޯލްކީޕަރު ޓްރެއިނަރެއްގެ ގޮތުގައި 30 އަހަރު ޚިދުމަތްކުރި އަޙުމަދު ރިޔާޒް (ގާނާ) އަކީ ވެސް ޙަސަން ޢަލީގެ ދަރިންނެވެ. މި ހަތަރު ބެއިންގެ ތެރެއިން ފުޓުބޯޅައިގައި އެންމެ ފާޙަގަކޮށްލެވެނީ ޢަލީ ސުޒެއިންގެ ނަމެވެ.
އެގޮތުން ސުޒެއިން ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ވިކްޓްރީ އާއި ވެލެންސިއާއަށް ކުޅެ، ވިކްޓްރީއާއި މާޒިޔާއާއެކު ގިނަ ކާމިޔާބީތަކެއް ކޯޗެއްގެ ގޮތުގައި ހޯދާފައެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗުގެ ގޮތުގައި ފާހަގަކުރެވޭ ސުޒެއިން ވަނީ 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ޤައުމީ ޓީމަށް ކޯޗުކަންކޮށްދީފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
