
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
ދިވެހި ޕްރިމިއަރ ލީގުގެ ފަހު މެޗުގައި ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅެން އޮތް މެޗަށް ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން ހާޒިރުނުވުމުން، އެ ޓީމުން ގަސްތުގައި މެޗު ދޫކޮށްލައި މެޗު ފިކްސްކުރި ކަމަށް ކުރެވޭ ތުހުމަތުތައް އެ ކުލަބުން ދޮގުކޮށްފިއެވެ. މި މެޗު ނުކުޅުމުން ގަވައިދުގެ ދަށުން ނިއުރޭޑިއަންޓް 0-2 އިން މޮޅުވި ކަމަށް ނިންމުމާ އެކު، ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވި ކްލަބް ވެލެންސިއާ އިން ވަނީ މިއީ ރެލިގޭޝަނުން ސަލާމަތްވުމަށް އޮތް ފުރުސަތު ހަނިކުރުމަށް ކުރި ކަމެއް ކަމަށް ބުނެ އޭއެފްސީ އާއި ފީފާއަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފައެވެ. ނަމަވެސް ގްރީން އިން ނެރުނު ބަޔާނެއްގައި ބުނީ ކުޅިވަރުގެ ރޫހާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، މިފަދަ ތުހުމަތުތައް ކުރުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. މި މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަމުންދާއިރު، މެޗު ދޫކޮށްލުމުން ގްރީން ސްޓްރީޓްސް 25،000 ރުފިޔާއިން ޖޫރިމަނާވާނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
