
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަކީ ގައުމުގެ މުސްތަގުބަލު ބައްޓަންކުރާނެ ވަރުގަދަ މަގުޗާޓެކެވެ. މި ބަޔާނުގައި އިގްތިސާދީ ގޮތުން ހޯއްދަވާފައިވާ ތާރީޚީ ކާމިޔާބީތައް ހާމަކުރައްވާފައިވެއެވެ. އެގޮތުން ރާއްޖޭގެ ރަސްމީ ރިޒާވް 1.13 ބިލިޔަން ޑޮލަރަށްވުރެ މައްޗަށް ޖައްސަވައި، އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލިއަނުން ގުނޭ ދަރަނިތައް ޚަލާސްކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ.
މި ބަޔާނުގެ އެންމެ އުންމީދީ އެއް ވައުދަކީ ފަތުރުވެރިކަމުގެ ނަފާ ސީދާ ރައްޔިތުންނަށް ލިބިދިނުމެވެ. ސަރުކާރުން ތަރައްގީކުރާ 10 ރިސޯޓެއްގެ ހިއްސާދާރުންނަށް ހުރިހާ ދިވެހިން ހަދައި، 2030 ވަނަ އަހަރާ ހަމައަށްދާއިރު އޭގެ ފައިދާ ބޭރު ފައިސާއިން ރައްޔިތުންގެ އެކައުންޓަށް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ވަނީ ރާވާފައެވެ. މީގެއިތުރުން، އިގްތިސާދީ، އިޖުތިމާއީ، އަދި އުމްރާނީ ތަރައްގީގެ ހުރިހާ ދާއިރާއަކުންވެސް ރައްޔިތުންނަށް ފައިދާވާނެ ދުރުރާސްތާގެ ތަސައްވުރެއް ރައީސް ހުށަހެޅުއްވިއެވެ.
ގައުމީ މިނިވަންކަމާއި ސިޔާދަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ފަސްގަނޑާއި ކަނޑުގެ ސަރަހައްދުން އެންމެ އިންޗިއެއްވެސް ދޫނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މި ބަޔާނަކީ ހަމައެކަނި ރިޕޯޓެއް ނޫން ކަމަށާއި، މިއީ ރާއްޖެ ބަނގުރޫޓުވުމުގެ ބިރުން ސަލާމަތްވެ، އާ އުންމީދުތަކަކާއެކު އުޖާލާ މުސްތަގުބަލަކަށް ގައުމު މިސްރާބު ޖަހާފައިވާކަން ހާމަކޮށްދިން ހަރުދަނާ މެސެޖެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
