
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކުރީ ސަރުކާރުން ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް ނިންމި ނިންމުމާ ދެކޮޅަށް ގިނަ ރައްޔިތުން އަޑުއުފުލާފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތް ފަށްޓަވާފައެވެ. އެގޮތުން، ކުރީ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ ގަބޫލުނުކުރައްވާކަން ހާމަކުރައްވައި، އެ ސިޓީ އަނބުރާ ގެންދިއުމަށް ނިންމަވައި އާ ސިޓީއެއް ވަނީ ފޮނުއްވާފައެވެ. އަދި މި މައްސަލައިގައި ޤައުމަށް ލިބުނު ގެއްލުންތައް ބެލުމަށް “ކޮމިޝަން އޮފް އިންކުއަރީ” އެއް އުފައްދަވައި، ޤާނޫނީގޮތުން ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ދަނީ ކުރަމުންނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމުގެ ގޮތުން، އެމްއެންޑީއެފުން މިހާރު ދަނީ ޑްރޯންާއި ކޯސްޓްގާޑު ބޭނުންކޮށްގެން އެ ސަރަހައްދު ބަލަހައްޓަމުންނެވެ. ތާރީޚީ ގޮތުން ބަލާއިރު، ފޯޅަވައްސަކީ ދިވެހިންނާ ގާތް ގުޅުމެއް އޮތް ތަނެއްކަން އެ ރަށުން ފެނިފައިވާ ދިވެހި އަކުރުން ލިޔެފައިވާ މަހާނަގާތަކުންނާއި، ދިވެހި ފުލޯކު ވާހަކަތަކުންނާއި، 16 ވަނަ ގަރުނުގެ ރަސްމީ ލިޔެކިޔުންތަކުން ސާބިތުވެއެވެ. އަދި ފޯޅަވަހީގެ އަސްލު ވަޒަންވެރިންގެ ޑީއެންއޭއިންވެސް ދިވެހި ނަސްލުގެ ހިއްސާ ފެންނަން ހުރުމަކީ، މޮރިޝަސްއަށްވުރެ ބޮޑަށް އެތަނާ ރާއްޖެއާ އޮތް ގުޅުން ހާމަކޮށްދޭ ހެއްކެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
