
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކުދި ވިޔަފާރިތަކަށް 15 ދުވަހުގެ ތެރޭގައި ޕޭމަންޓުތައް ހެދުމަކީ އަމާޒެއް ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ކުންފުނިތަކުގެ ޢާމްދަނީއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސަރުކާރާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް އެ ފަރާތްތަކުން ފޯރުކޮށްދީފައިވާ ތަކެއްޗާއި ޚިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވެފައި އޮތް މައްސަލަ ކަމަށެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ، މި މައްސަލައަށް ދާއިމީ ހައްލެއް ގެނެސް، ކޭޝްފްލޯއިން ޖާގަދިން އެންމެ ފުޅާމިނަކުން ސަރުކާރުގެ ބިލުތަކަށް ގަވައިދުން ފައިސާ ދައްކަމުން ދިއުން ކަމަށެވެ. އަދި މިގޮތަށް ފައިސާ ދޫކުރުމުގައި ރާއްޖޭގެ ކުދި ވިޔަފާރިތަކަށް 15 ދުވަހުގެ ތެރޭގައި ޕޭމަންޓުތައް ހެދުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މާލީ ގޮތުން ކުރިއެރުވުމަށް މިދިޔަ އަހަރުގެ ތެރޭގައިވެސް އެ ފަރާތްތަކަށް ފައިސާ ދޫކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. މިގޮތުން، ސަރުކާރުން ރާއްޖޭގެ ވިޔަފާރިތަކުގެ ބިލުތަކަށް މިދިޔަ އަހަރު 6.3 ބިލިޔަން ރުފިޔާ ދައްކާފައިވާއިރު، ބޭރުގެ ވިޔަފާރިތަކުގެ 1.5 ބިލިޔަން ރުފިޔާގެ ބިލަށް ހަމައެކަނި މާލީ ވުޒާރާއިންވެސް ދައްކާފައިވާނެ ކަމަށެވެ.
މީގެ އިތުރުން، ރައީސް ވައުދުވެފައިވާ ފަދައިން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަހަރުތަކެއް ވަންދެން ނުދައްކައި ހުރި “ލެގަސީ” ބިލުތަކަށް ފައިސާ ދެއްކުމުގެ ބޭނުމަށް ސަރުކާރު ކުންފުނިތަކަށް 882 މިލިޔަން ރުފިޔާވެސް މިދިޔަ އަހަރުގެ ތެރޭގައި ދޫކޮށްފައިވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ބިލުތަކުގެ ސައްހަކަމަށާއި، އޮޑިޓަރ ޖެނެރަލް ދެއްވާފައިވާ ލަފަޔާ އެއްގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ގިނަ ދުވަސްތަކެއް ވަންދެން ނުދައްކައި ހުރި ބިލުތަކަށް ފައިސާ ދައްކާފައިވާ ކަމަށެވެ.
މީގެ އިތުރުން، ސަރުކާރަށް ފޯރުކޮށްދީފައިވާ މުދަލާއި ޚިދުމަތުގެ ބިލުތަކުގެ ތެރެއިން 1.3 ބިލިޔަން ރުފިޔާގެ ބިލު ވަނީ މިހާތަނަށް ދައްކާފައިވާއިރު، މިއަހަރުގެ 21ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކަށް ދައްކަން ހުރީ 791 މިލިޔަން ރުފިޔާއާ ގާތްކުރާ މިންވަރަކަށް ކަމަށްވެސް ވިދާޅުވިއެވެ.\
“ހަމައެއާއެއްކޮށް އަޅުގަނޑުމެން ސަރުކާރުގެ ހުރި މިފަދަ ޑޯމެސްޓިކް ޑެޓްތައްވެސް ކްލޮއަރ ކުރުމުގެ މަސައްކަތްތައްވެސް އެބަ ކުރިއަށްގެންދަން. އެކަމު މިހުރިހާ ބިސްނަސްތަކަކީ އޮންގޮއިން ބިސްނަސްތައް. އެއަށް ދަރަނިވެސް އަންނާނެ. އަޅުގަނޑަަށް ހިވާ ގޮތުގައި އަސްލު ރައީސް މިކަމަށް އެންމެ އިސްކަމެއް އެ ދެއްވަނީ ޑިސްޓްރިބިއުޝަން އޮފް ވެލްތް ވަރަށް އެފިޝެންޓްކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައިގެން.” މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އިޤްތިޞާދީ ވުޒާރާއާއި މާލީ ވުޒާރާއިން ގުޅިގެން މި ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މާލީ ގޮތުން ބާރުވެރިކުރެވިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން މިއަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އަހަރަށް ވެގެންދާނެ ކަމަށްވެސް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
