
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދައުލަތުގެ ޕްރޮކިއުމަންޓުގައި ވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމާބެހޭ އުސޫލަށް ސަރުކާރުން މުހިންމު އިސްލާޙުތަކެއް ގެނެސް، އެކަން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ. މި އިސްލާޙުތަކުގެ މައިގަނޑު މަޤުސަދަކީ ދައުލަތުގެ ޕްރޮކިއުމަންޓުގެ މުއާމަލާތްތަކުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ފަރާތްތަކަށް ލިބޭ ފުރުޞަތުތައް ތަނަވަސްކޮށްދީ، އެފަދަ ވިޔަފާރިތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވުމުގެ ޤާބިލުކަން ފަހިކޮށްދިނުމެވެ.
އިސްލާޙު ކުރި އުސޫލުގެ ދަށުން، 5 މިލިޔަން ރުފިޔާ އަށްވުރެ ކުޑަ އަގުގެ ޕްރޮކިއުމަންޓުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމެނޭނަމަ، އެ ކެޓަގަރީގެ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ފަރާތްތަކަށް އެ މަސައްކަތެއް ޙަވާލުކުރަން ޖެހޭނެއެވެ. މި ބަދަލުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓުތަކުގެ އެމްއެސްއެމްއީގެ ދައުރު ފުޅާވެ، އެފަދަ ވިޔަފާރިތައް ކުރިއެރުމަށް މަގުފަހިވެގެންދާނެއެވެ.
މީގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާގެ މަޝްރޫޢުތަކަށްވެސް މި އުސޫލުގެ ދަށުން ވަނީ، އާ އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން 500,000 ރުފިޔާ އަށްވުރެ ކުޑަ އަގުގެ އިމާރާތް ކުރުމުގެ މަޝްރޫޢުތައް މިހާރު ޚާއްޞަ ކޮށްފައިވަނީ، ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓްރީގެ ގްރޭޑް 7 ގައި ހިމެނޭ ކޮންޓްރެކްޓަރުންނަށެވެ. އަދި 500,000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ މަޝްރޫޢުތައް ޚާއްޞަކޮށްފައިވަނީ، އެ ރަޖިސްޓްރީގެ ގްރޭޑް 4، 5، 6 އަދި 7 ގެ ކޮންޓްރެކްޓަރުންނަށެވެ. މިއީ، ކުދި އަދި މެދު ފަންތީގެ ކޮންޓްރެކްޓަރުންނަށް ލިބޭ ފުރުޞަތުތައް އިތުރުކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.
ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ވިޔަފާރިވެރިންނާ ބައްދަލުކޮށް، ވަކިން ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އެ ބައްދަލުވުމުގައި ކުރި މަޝްވަރާގެ އަލީގައި ރައީސް ވަނީ، ޕްރޮކިއުމެންޓް ނިޒާމަށް އިސްލާޙެއް ގެންނަވާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފައެވެ.
މިއަދު ގެޒެޓްކުރި މި އިސްލާޙުތަކުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ޙިއްސާ ބޮޑުވެ، ރާއްޖޭގެ އިޤްތިސާދީ ދާއިރާގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކުރެއެވެ. އަދި މި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އަމިއްލަ ސިނާޢަތްތަކުގެ ޤާބިލުކަން އިތުރުވެ، މުޅި ރާއްޖޭގައި ހުރި ކުދި ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.
މި ބަދަލަކީ، ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް ބާރުވެރި ކުރުވުމަށާއި، ދައުލަތުގެ މަޝްރޫޢުތަކަކީ އެންމެންނަށް ހަމަހަމަކަމާއެކު ބައިވެރިވެވޭ ފުރުސަތުތަކަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. މިއީ، ޤައުމުގެ އިޤްތިސާދީ ކުރިއެރުމާއި، ވަޒީފާގެ ފުރުސަތުތައް އުފެއްދުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ މައިގަނޑު ބަހާ ކަމުގައި ބަލައިގަންނަކަން ހާމަކޮށްދޭ ކަމެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
