
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިންޓަނޭޝަނަލް ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފަދަ ޒަމާނީ ނެޓްބޯޅަ ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރުގެ އޭފްރީލްމަހު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މި ނެޓްބޯޅަ ކޮމްޕްލެކްސް ގާއިމުކުރާނީ ހުޅުމާލޭގައެވެ. މި ކޮމްޕްލެކްސްގެ މަސައްކަތް އޭޕްރީލުގައި ފައްޓަވާނެކަން ރައީސް އިއުލާނުކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ކުޅިވަރުގެ ދާއިރާއިން މިއަހަރަށް ރާވާފައިވާ ބައެއް މަޝްރޫއުތަކުގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސްޓޭޓް އޮފް ދަ އާޓް މަލްޓި ސްޓޯރީ ނެޓްބޯޅަ ކޮމްޕްލެކްސް ގާއިމު ކުރައްވާނީ އިތުރު ހަތަރު ޕިޗާއެކުގައި ކަމަށެވެ. ނެޓްބޯޅަ ކޮމްޕްލެކްސްއަކީ މި ކުޅިވަރަށް ދިމާވެފައިވާ ވަސީލަތްތަކުގެ ދަތިކަމަށް ލިބިގެންދާނެ ބޮޑު ހައްލަކަށް ވެގެންދާނެއެވެ. އަދި މި އެރީނާގެ ސަބަބުން ރާއްޖޭގެ ނެޓްބޯޅަ އާއިލާއަށް ބައިނަލްއަގްވާމީ މުބާރާތްތައް ފަރިތަކުރުންތައް ބޭއްވުމާއި ޓީމުގެ ފެންވަރު މަތިކުރުމަށް ބާއްވަން ޖެހޭ ހައި އިންޓެންސިޓީ ޓްރޭނިންތައް ބޭއްވުމުގައި އިތުރު ލުއިފަސޭހަތައް ލިބިގެންދާނެއެވެ.
މީގެ އިތުރުން ސަރަހައްދީ މުބާރާތްތައް ރާއްޖެއަށް ގެނެސް ރާއްޖޭގައި ބޮޑެތި ބައިނަލްއަގްވާމީ މުބާރާތްތައް ހޯސްޓްކުރުމުގެ މަގުފަހިވެގެންދާނެއެވެ. ނެޓްބޯޅައާއި އެހެނިހެން ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރެއްވުމަށް މިއަހަރު ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ. މިއަހަރު ތެރޭގައި ބައިނަލްއަގްވާމީ ނެޓްބޯޅަ ކޮމްޕްލެކްސްގެ އިތުރުން ފުޓްސަލް ކޮމްޕްލެކްސްއާއި އީ ސްޕޯޓްސް ސެންޓަރާއި ރޭސިން އެންޑް ޑްރިފްޓިން ކޮމިއުނީން އެދޭ ރޭސިން ޓްރެކް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވާނެކަމަށް ރައީސް ވިދާޅިވިއެވެ.
އަދި މާލެއާއި އަތޮޅުތެރޭގައި އެކި މަރުހަލާތަކުގައި ކުރިޔަށްދާ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިޔަށް ގެންދަވާ އޮތް ދެ އަހަރު ދުވަހުގެތެރޭގައި 879 މަޝްރޫއު ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
