
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ބައިނަލްއަގްވާމީ މެޗުތައް ބޭއްވޭ ގޮތަށް ސްޓޭޓް އޮފް ދަ އާޓް މަލްޓި ސްޓޯރީ އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރުގެ އެޕްރީލް މަހުގެތެރޭގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް ފައްޓަވާނީ ފުޓްސަލް ސްޓޭޑިއަމެއް ހިމެނޭހެން އިތުރު ހަތަރު ތްރޭނިންގ ޕިޗް ހިމެނޭ ގޮތަށް ކަމަށެވެ.
އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތަސް ބޭނުންވާ ފައިސާ ހަމަޖެހި ބިން ކަނޑަޅާ ނިމިފައިވާއިރު މިއީ ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ތަނަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ސަރުކާރުގެ ހަފްތާ 14 އެޖެންޑާގައި ރައީސް އިއުލާނު ކުރައްވާފައިވާ މަޝްރޫއެކެވެ.
ރާއްޖޭގައި އިންޑޯ ފުޓްސަލް ޕިޗެއް ނެތުމުގެ ކަންބޮޑުވުމަކީ ގިނަ އަހަރުތަކެއް ވެފައިވާ ފުޓްސަލް ކޮމިއުނިޓީގެ ޝަކުވާއެކެވެ. ފުޓްސަލް ޕިޗްތަކާއެކު ރާއްޖޭގައި ގާއިމުކުރާ ފުޓްސަލް ކޮމްޕްލެކްސްގެ ސަބަބުން ގައުމީ ފުޓްސަލް ޓީމުގެ ފެންވަރު މަތިކުރުމާއި ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ރާއްޖެއަށް ގެނައުމަސް މަގުފަހިވެގެންދާނެއެވެ.
އަދި ޒަމާނީ ފުޓްސަލް ކޮމްޕްލެކްސްގެ ސަބަބުން ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ ފެންވަރު މަތިވެ ބައިނަލްއަގްވާމީ މުބަރާތްތަކަސް ޓީމުތައް ތައްޔާރުކުރުމަށްވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ. ސަރަހައްދީ ފުޓްސަލްގައި ރާއްޖެއަކީ އެންމެ ވަރުގަދަ ޓީމެވެ. އެގޮތުން ރާއްޖެއިން ވަނީ ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލާފައެވެ. ލައިފްސްޓައިލް ބަލިތަކުން ރައްކާތެރިވެ ޖިސްމާނީ ގޮތުން ހަށިހެޔޮ ރައްޔިތަކަށްވުމަށް ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާ ތަރައްޤީކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
