
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ނަފްސާނީ ހާލަތަށް ބެލުމަށްފަހު އެފަދަ ކުދިންނަށް ހޯމް ސްކޫލިން ޕާތުވޭ ފަހިކޮށްދިނުމަށް ޤާނޫނަށް އިސްލާޙް ގެނައުމަށް މަޖިލީހުގެ ފުރަތަމަ ދައުރަށް ހުށަހަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ ތަޢުލީމީ ދާއިރާއިން އުމްރާނީ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތްތަކަށް އަލި އަޅުވާލައްވަފާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔެވުމަށް ޚާއްސަ ކްލާސްރޫމްތަކާއި އެކުދިންގެ ޙާލަތަށް ރިޔާއަތްކޮށް ޕްރައިވަސީ ލިއްބައިދޭނެ ގޮތަށް ޚާއްސަ ފާޚަނާތަކާއި އެޑިއުކޭޝަނަލް ސަޕޯޓް ފެސިލިޓީތައް ޤާއިމްކޮށްދެއްވާނެކަމަށެވެ. އަދި އުނގެނުމަށާއި އުނގަންނައިދިނުމަށް ބޭނުންވާ އިކުއިޕްމަންޓާއި ޑިވައިސްތަކާއި ކަމާބެހޭ އެހެނިހެން ވަޞީލަތްތައް ނެތް ހުރިހާ ސްކޫލްތަކެއްގައި މިއަހަރު ހުރިހާ ކަމެއް ފުރިހަމަކޮށްދޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވެއެވެ.
މީގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކި މާއްދާތަކުގެ ފޮތްތައް ތަރައްޤީކުރުމާއި އެކުދިންގެ ނުކުޅެދުންތެރިކަމާ އެކަށީގެންވާ ގޮތެއްގައި އޯލެވެލްއަށް ތައްޔާރުވުމަށް ޚާއްސަ މަސައްކަތްތަކެއް ރާވާ ތަންފީޒް ކުރަން މިއަހަރު ފަށާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދަރިވަރުންގެ ނުކުޅެދުންތެރިކަން ހުންނަ ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބަލާ ހެދޭ އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް ކަނޑައެޅޭ ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން އެފަދަ ކުދިންނަށް ހޯމް ސްކޫލިން ޕާތުވޭ ފަހިކޮށްދިނުމަށް ޤާނޫނަށް އިސްލާޙް ގެނައުމަށް މަޖިލީހުގެ ފުރަތަމަ ދައުރަށް ހުށަހަޅާނެކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލާ ބެލެނިވެރިންގެ ތެރެއިން ސިވިލް ސަރވިސްގެ ވަޒީފާއަށް ދާ ބެލެނިވެރިންނަށް ވަޒީފާ އަދާކުރުން ވޯކް ފްރޮމް ހޯމްއަށް ބަދަލުކުރުމުގެ ފުރުޞަތު އަންނަ މަހުން ފެށިގެން ލިބިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑުގެ ސިޔާސަތަކީ ތަޢުލީމީ ދާއިރާގައިވެސް އަދުލުވެރިކަން ޤާއިމްކުރުން. ދިވެހި ކޮންމެ ކުއްޖެއް އަޅުގަނޑު ކުރިމަތީގައި ހަމަހަމަ. އެކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެ ކުއްޖާ ހައްޤުތަކުން މަހުރޫމްވެގެން ނުވާނެ. ހުރހާ ކުދިން ޝާމިލްކޮށްގެން ކިޔެވައިދިނުން، އިންކުލޫސިވް އެޑިއުކޭޝަންގެ ސިޔާސަތު އޭގެ އެންމެ ފުޅާގޮތުގައި ތަންފީޒްކުރުމުގެ ޚާއްސަ މަޝްރޫޢުއެއް މިއަހަރު ކުރިއަށް ހިންގަން ފަށާނެ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީންކުރުމުގެ މަސައްކަތް މިއަހަރު ފުޅާކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ. ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މިއަހަރު ތަޢުލީމީ ދާއިރާގެ މަޢުލޫމާތު ފަސޭހައިން ބެލެހެއްޓޭނެ ޑިޖިޓަލައިޒް ނިޒާމެއް ޤާއިމްކުރެވޭނެކަމަށެވެ. މީގެ ސަބަބުން ރިއަލްޓައިމްގައި ސައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އުނގެނުމާއި އުނގަންނައިދިނުމާ ގުޅޭ ނިންމުންތައް އެކަށައަޅާ ތަންފީޒްކުރަން ފެށޭނެކަން ފާހަގަކުރެއްވިއެވެ. މިކަމަށްޓަކައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާއާއި ވަޞީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ސްކޫލްތަކުގައި އުމްރާނީ ވަޞީލަތްތައް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން މިދިޔަ އަހަރުގެ ނިޔަލަށް 142 ކްލާސްރޫމްއާއި 9 މަލްޓިޕާޕަސް ހޯލްއާއި ސައިންސްލެބާއި ސްޓާފްރޫމްއާއި ލައިބްރާރީ ފަދަ މަޝްރޫޢުގެ 56 އެޑިއުކޭޝަން ސަޕޯޓް ފެސިލިޓީގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި މިއަހަރުގެ ދިރާސީ އަހަރަށް އިތުރު 16 ކްލާސްރޫމްއާއި 7 މަލްޓިޕާޕަސް ހޯލްއާއި 250 އެޑިއުކޭޝަން ސަޕޯޓް ފެސިލިޓީ ނިންމާ ވަނީ ބޭނުންކުރަން ފަށާފައެވެ.
މިވަގުތުވެސް އިތުރު 955 ކްލާސްރޫމްއާއި 78 މަލްޓިޕާޕަސް ހޯލްއާއި 2923 އެޑިއުކޭޝަން ސަޕޯޓް ފެސިލިޓީގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
