
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މިސަރުކާރުން ކުޅިވަރުގެ 879 މަޝްރޫއެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށާއި، ކުރިޔަށް އޮތް 12 މަސް ދުވަހުގެތެރޭގައި މަސައްކަތް ނިންމާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާނުގައި ކުޅިވަރުގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާ ތަރައްޤީކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މިސަރުކާރުން މިދިޔަ އަހަރު 33 މަޝްރޫއެއް ނިންމާފައިވާނެ ކަމަށާއި، ކުރީ ސަރުކާރުން ފަށާ ނުނިންމާ ހުރި 59 މަޝްރޫއެއް މިދިޔަ އަހަރު ވާނީ ނިންމާފަ ކަމަށެވެ. މިސަރުކާރުން ކުޅިވަރުގެ 92 މަޝްރޫއު މިހާތަނަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
” މިސަރުކާރުން 879 މަޝްރޫއެއްގެ މަސައްކަތް އެކި ކަންކޮޅުތަކުގައި އެކި މަރުހަލާގައި ކުރިޔަށް އެބަދޭ. މިހުރިހާ މަޝްރޫއެއްވެސް ކުރިޔަށް އޮތް 12 މަސްދުވަހުގެތެރޭގައި ނިންމާ ހަވާލުކުރެވޭނެ” ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިިދާޅުވީ މާލެއާއި ހުޅުމާލެ އާއި ވިލިމާލެ ހިމެނޭ ގޮތަށް 16 ސްޕޯޓްސް ކޮމްޕްލެކްސް ހުޅުވުން ހިމެނޭ ކަމަށެވެ. އަދި މިއަހަރު އިތުރު 5 ރަށެއްގައި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް ހަވާލުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކުޅިވަރު ކުރިއަރުވާ ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމާއި، ގައިގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް މުހިންމު އިސްކަމެއް ދެއްވާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
