
(ފޮޓޯ ކްރެޑިޓްސް: ތިމާވެއްޓާބެހޭ ވުޒާރާ)
ސަރުކާރުގެ މިހާރުގެ އަމާޒަކީ އަދަދު ދެގުނަކޮށް އިޔާދަ ކުރަނިވި ހަކަތައިގެ މިންވަރު 220 މެގަވޮޓަށް އިތުރު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ހަކަތައިގެ ސިޔާސަތަށް އިންޤިލާބީ ބަދަލުތަކެއް ގެންނަވާނެކަން އިއުލާންކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ 2028 ވަނަ އަހަރަށް ކަނޑައަޅާފައިވާ 33 އިންސައްތައިގެ އަމާޒަށް ވާސިލްވުމަށް ބޭނުންވާ މިންވަރުގެ 50 އިންސައްތަ ކަމަށެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި މާލެ ސިޓީއާއި ރާއްޖޭގެ އެކި ރަށްތަކުގައި އިއާދަކުރަނިވި ހަކަތައިގެ ތަފާތު މަޝްރޫޢުތައް ހިންގުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“ރާއްޖެއަށް އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީ ބޭރުން ތެޔޮ އެތެރެކުރުމަށް. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް 443.6 މިލިއަން ޑޮލަރުގެ ޑީސަލް އެތެރެކުރާއިރު، މީގެ ބޮޑު ބަޔަކީ ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮ. ހަކަތަ އުފެއްދުމަށް މިހާ ބޮޑަށް ޑީސަލަށް ބަރޯސާވެފައި އޮތުމަކީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަމަށް ނުވަތަ އެނަރޖީ ސެކިއުރިޓީއަށް އޮތް އެންމެ ބޮޑު ނުރައްކާ”. ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރު ޙަވާލުވިއިރު އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު ހުރީ އެންމެ 4 އިންސައްތައިގައި ނުވަތަ 53 މެގަވޮޓްގައި ކަމަށެވެ.
“މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު ހުރީ، އެންމެ 4 އިންސައްތައިގައި ނުވަތަ 53 މެގަވޮޓުގައި ނަމަވެސް ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުން މި އަދަދު މިހާރު ވަނީ 110 މެގަވޮޓަށް އިތުރުކުރެވިފައި. މިއީ ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާ ދާއިރާއެއް” ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުތަކުގެ ސަބަބުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަވެ، ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ. މިއީ، ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަށާއި، އިޤްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
