
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޑޮލަރު ޖަމާކުރަން ކަނޑައެޅި ހަރުދަނާ ސިޔާސަތުތަކާއިއެކު އެސްޑީއެފްއަށް 275 މިލިޔަން ޑޮލަރަށްވުރެ ގިނައިން ޖަމާކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ޙަވާލުވީއިރު އެންމެ ބޮޑު މާލީ ނުތަނަވަސްކަމެއް އޮތީ 2017 ވަނަ އަހަރު އެއިރުގެ ސަރުކާރުން އިންޓަނޭޝަނަލް ޑެޓް ކެޕިޓަލް މާކެޓުން ނެގި 250 މިލިޔަން ޑޮލަރުގެ ބޮންޑު އަދާކުރުމަށް އެއަށްވުރެ ބޮޑު އަގުގައި މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސްކޫކް މި ސަރުކާރުން މިއަހަރު އަނބުރާ ދައްކަން ޖެހުން ކަމަށެވެ. އަދި އައިއެމްއެފްއިން ދިވެހިރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ބެހޭގޮތުން 23 ނޮވެމްބަރ 2022 ގައި ތައްޔާރުކުރި އާޓިކަލް ރިޕޯޓުގައި ދިވެހިރާއްޖެ އޮތީ “އެޓް ހައި ރިސްކް އޮފް ޑެޓް ޑިސްޓްރެސް” ގައި ކަމަށް ބަޔާންކޮށްފައިވުން އެއީ އަނެއް ބޮޑު ގޮންޖެހުން ކަމަށެވެ.
މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އަންނަނީ، ސްކޫކް އަނބުރާ ދެއްކުމަށް ފަރުވާތެރިކަމާއެކީ ތައްޔާރުވަމުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި ފިޔަވަޅުތަކާއިއެކު އެސްޑީއެފްއަށް ޖަމާކޮށްފައިވާ ޑޮލަރުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. “މިގޮތުން މި ސަރުކާރުން އެސްޑީއެފްއަށް ޑޮލަރު ޖަމާކުރަން ކަނޑައެޅި ސިޔާސަތައް ޖަމާކުރާ ޑޮލަރު އިތުރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިވަގުތު އެސްޑީއެފްގައި 275 މިލިޔަން ޑޮލަރަށްވުރެ ގިނައިން ޖަމާކޮށްފައި ހުންނާނެ. އެހެންނަމަވެސް މި ސަރުކާރު ވެރިކަމާއި ޙަވާލުވީއިރު އެސްޑީއެފްގައި ބޭނުންކުރެވޭ ގޮތަށް ހުރީ އެންމެ 2 މިލިޔަން ޑޮލަރު. މި ސަރުކާރު އައިފަހުން އެސްޑީއެފްގެ ބޭރުފައިސާގެ ލިކުއިޑިޓީ ރަނގަޅުވެފައިވާކަން ކްރެޑިޓް ރޭޓިންގ އެޖެންސީތަކުންވެސް މިހާރު އަންނަނީ ފާހަގަކުރަމުން. އަދި ވޭތުވެދިޔަ 2 ސަރުކާރުން ހިންގި މި މުއާމަލާތުގެ ކޮސްޓް އޮފް ފައިނޭންސިންގ ޑަބަލް ޑިޖިޓަށް އަރައި %10.5 އާއި ހަމައަށް ވަނީ ގޮއްސަ.” ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަހަރުގެ އެޕްރީލް މަހު އަދާކުރަންޖެހޭ ސްކޫކްގެ 150 މިލިޔަން ޑޮލަރު އަދާކުރުމަށް ރާވާފައިވާނީ އެސްޑީއެފްއަށް ޖަމާކޮށްފައިވާ ބޭރު ފައިސާއިން ކަމަށެވެ. މި ސްކޫކްގެ އެއްބައި އަނބުރާ ދެއްކުމަށްފަހު ބާކީވާ އަދަދު ރީ-ފައިނޭންސް ކުރުމަށް އަދާހަމައަށް ސަރުކާރުން ނަގާފައިވާ އެއްވެސް ދަރަންޏެއްގެ އިންޓްރެސްޓް ރޭޓު ވޭތުވެދިޔަ ސަރުކާރުތަކުން ކަންކުރި ޒިންމާދާރުކަން ކުޑަގޮތާއި ޚިލާފަށް %9 އަށްވުރެ ބޮޑު ނުވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވާފައެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، ފާއިތުވި ސަރުކާރުން ރައްޔިތުންނަށް ވާރުތަކޮށްފައި ދިޔަ ބުރަ ބޮޑު ދަރަނީގެ ދަންތުރައިން މިންޖުކޮށް މާލީގޮތުން ބާރުވެރި ޤައުމަކަށް ރާއްޖެ ހެދުން ކަމަށްވެސް ރައީސް ވަނީ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
