
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރުގެ ޙައްޖުގެ އިންތިޒާމުތައް ސަޢުދީ ޢަރަބިއްޔާގައި %100 ފުރިހަމަކުރި 8 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ. ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، “މައްކާ ރޫޓް” އިނީޝިއޭޓިވްގެ މެންބަރުކަން ރާއްޖެއަށް ލިބުމާއެކު، ޙައްޖުވެރިންނަށް މީގެ ކުރިން ނުލިބޭ ފަދަ ބޮޑެތި ލުއިތަކެއް ވަނީ ތަނަވެސްވެފައެވެ. އޭގެ ތެރޭގައި މިނާގެ ފޭލިގެތައް ބީ-ކެޓަގަރީއަށް މަތިކުރުމާއި، މައްކާއާއި މަދީނާއާ ދެމެދު ހައިސްޕީޑް ރޭލުގައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހުން ހިމެނެއެވެ. މީގެ އިތުރުން، ޙައްޖުވެރިންނަށް ހިލޭ ބޭސްފަރުވާގެ ޚިދުމަތް ދިނުމާއި، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އަލަށް ޒަކާތުގެ ޤާނޫނެއް ވުޖޫދުކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން، ވޭތުވެދިޔަ 5 އަހަރާ އަޅާބަލާއިރު އެންމެ ގިނަ ފައިސާ ޒަކާތުގެ ގޮތުގައި ލިބުނީ މިދިޔަ އަހަރު ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
