
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއާއި އީރާނާ ދެމެދު ބާއްވާ މަޝްވަރާތައް ތުރުކީވިލާތުގެ ބަދަލުގައި ޢުމާނުގައި ބޭއްވުމަށާއި، ބައްދަލުވުމުގައި ދެކެވޭ ވާހަކަތައް ހަމައެކަނި ނިއުކްލިޔަރއާ ގުޅުންހުރި މައުޟޫތަކަށް ހަނި ކުރުމަށް އީރާނުން ބާރުއަޅައިފިއެވެ. އެއާއެކު ކުރިން ރޭވިފައިވާ ގޮތަށް ބައްދަލުވުން ކުުރިއަށް ދާނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ތުރުކީވިލާތުގެ އިސްތަންބޫލުގައި ފެބްރުއަރީ މަހުގެ 6ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ބައްދަލުވުން ބާއްވާ ޤައުމު ބަދަލުކުރުމަށް އީރާނުން މަސައްކަތް ކުރަމުން މި ދަނީ މެދުއިރުމައްޗަށް އެމެރިކާގެ ސިފައިން އެއްކުރަމުންދާތީ ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ދެ ޤައުމުން ވެސް އެއް ޤައުމުން އަނެއް ޤައުމަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރުތައް ދެމުންދާއިރު، ސަރަޙައްދީ ޤައުމުތަކުން ދަނީ މައްސަލައަށް ޙައްލެއް ހޯދުމަށް ދެ ޤައުމަށް ވެސް ބާރު އަޅަމުންނެވެ.
ފެބްރުއަރީ މަހުގެ 3ވަނަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ޢަރަބި ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރަމުން ދިޔަ އެމެރިކާގެ މަނަވަރެއް ކައިރީގައި ޙަރަކާތްތެރިވި އީރާނުގެ ޑްރޯންއެއް ވައްޓާލައިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ބޮޑެތި ހަނގުރާމަމަތީ މަނަވަރުތައް އީރާނާ ދިމާލަށް މިސްރާބު ޖަހަމުންދާއިރު، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކާ ހަމައަށް ނާދެވޭ ނަމަ ގޯސް ގޮތަކަށް ކަންކަން ދިޔުން އެކަށީގެންވާ ކަމަށެވެ. އީރާނާއެކު ކުރުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ޓްރަމްޕްގެ ދަނބިދަރިކަލުން އަދި މުޝީރު، ޖާރެޑް ކުޝްނާއާއި ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފްއެވެ. އީރާނުގެ ފަރާތުން އެ ޤައުމުގެ ޚާރިޖީ ވަޒީރު، ޢައްބާސް ޢަރާޤްޗީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. ދެ ޤައުމުގެ އިތުރުން ސަރަަޙައްދީ ޤައުމުގެ ވަޒީރުން ވެސް ބައްދަލުވުމުގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.
އީރާނުގެ ދާޚިލީ މަސްދަރަކުން ބުނި ގޮތުގައި އެ ޤައުމުން މަޝްވަރާތަކުގައި ބައިވެރިވަނީ މާ ބޮޑު އުންމީދެއް، އަދި ނާއުންމީދެއް ވެސް ނެތިއެވެ. އީރާނުގެ ދިފާޢީ ބާރުވެރިކަމަކީ އެ ކަމާމެދު ސުވާލު އުފެއްދޭނެ ކަމެއް ނޫން ކަމަށާއި، އެ ޤައުމުން ކޮންމެ ޙާލަތަކަށް ވެސް ތައްޔާރަށް އޮތް ކަމަށް އެ މަސްދަރުން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
