
ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކުލަބު އައް ނަސްރާ ދެކޮޅަށް ކުރަމުންދާ ހިމޭން އިހްތިޖާޖު އިތުރު މެޗަކަށް ދަންމާލަން ނިންމައިފި އެވެ. ސައޫދީ ޕްރޯ ލީގުގައި އައް ރިޔާދް އަތުން އައް ނަސްރު ކުޅުނު މެޗުގައި ނުކުޅެހުރި ރޮނާލްޑޯ ކުރިއަށް އޮތް އަލް އިއްތިފާގު މެޗުގައި ވެސް ނުކުޅެން ވަނީ ނިންމާފަ އެވެ. މައްސަލައަކީ ކޮބާ ހެއްޔެވެ؟ ރޮނާލްޑޯ ހިތްހަމަ ނުޖެހުނީ ވާދަވެރި އަލް ހިލާލަށް އަލް އިއްތިފާގަށް ކުޅެމުން އައި ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ކަރީމް ބެންޒެމާ ގަތުމުންނެވެ. އަލް ހިލާލް އާއި އައް ނަސްރަކީ ވަރަށް ވާދަވެރި ދެ ޓީމެވެ. ލީގުގެ އެންމެ ކުރީގައި ވަނީ ވެސް ޕޮއިންޓެއްގެ ތަފާތުން މި ދެޓީމެވެ. ރޮނާލްޑޯގެ ޓީމު އޮތީ ދެ ވަނާގަ އެވެ. ބެންޒެމާ ހިލާލް އަށް ގެންދިޔައިރު ޓްރާންސްފާ މާކެޓުގައި އައް ނަސްރުން ކުޅުންތެރިއަކު ނުގަނެ އެވެ. ރޮނާލްޑޯ ދެކޭ ގޮތުގައި މިއީ ސައޫދީ ޕަބްލިކް އިންވެންޓްމަންޓުން ހިންގާ ދެ ކުލަބުގެ މެދުގައި ތަފާތު ކުރުމެވެ. އަދި ބެންޒެމާގެ ޓްރާންސްފާ އަކީ ދެ ޓީމުގެ ހަމަހަމަކަން ނެތިގޮސް އެއް ޓީމު މާބޮޑަށް ވަރުގަދަ ވުމެވެ.
މިހެންވެ އޭނާ އިހްތިޖާޖު ފެށީ ބެންޒެމާގެ ޓްރާންސްފާ ހުއްޓުވުމަށެވެ. އެކަމަކު މިކަން ކާމިޔާބު ނުވެ އަލްހިލާލްއިން ވަނީ ރޮނާލްޑޯ އާއި އައް ނަސްރަށް ވެސް ބަހުގެ ހަމަލާތައް އަމާޒުކޮށްފަ އެވެ. އެ ކުލަބުގެ ސީއީއޯ އެސްތަވޭ ކަލްޒާޑާ ވިދާޅުވީ އައް ނަސްރާމެދު ވިސްނާނީ އެކުލަބުން އަމިއްލަ އަށް ކަމަށެވެ. “މިއީ ދެ ޓީމު ތަފާތު ކުރުން ކަމަށް ނުބެލެވޭ. އަހަރުމެންނަށްވުރެ މާގިނަ ކުޅުންތެރިން އެ މީހުން ވަނީ މީގެ ކުރިން ވެސް ގަނެފައި. ދެ ޓީމަށް (ސައޫދީ ޕަބްލިކް އިންވެންޓްމަންޓުން) ކުރި ހޭދައަށް ބަލާއިރު އެ މީހުންނަށް ކުރި ހޭދަ ގިނަ ވާނެ. ރޮނާލްޑޯ ރުޅި އައިސްގެން އުޅޭ ސަބަބުން އޭނާ ކުރެން (ނޫސްވެރިން) އޮޅުން ފިލުވަން ޖެހޭނީ،” ސީއީއޯ ވިދާޅުވި އެވެ.
ސައޫދީ ޕަބްލިކް އިންވެންޓްމަންޓުގެ 75 ޕަސެންޓް ހިއްސާ އޮންނަ ދެ ކުލަބުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރޮނާލްޑޯ ގުޅުނު ފަހުން އަލް ނަސްރުން ކުޅުންތެރިން ގަތުމަށް ހޭދަކޮށްފައިވަނީ 409 މިލިއަން ޑޮލަރެވެ. މީގެ ބަދަލުގައި ފާއިތުވެދިޔަ ދެ ސީޒަނުގައި އަލް ހިލާލް ވަނީ 600 މިލިއަން ޑޮލަރަށްވުރެ ގިނައިން ހޭދަކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޓީމު ވަރުގަދަ ކުރުމަށް ސައޫދީ ޕަބްލިކް އިންވެންޓްމަންޓުން އެއްބާރުލުން ދޭން އެއްބަސް ނުވާނަމަ މި ސީޒަނަށް ފަހު ރޮނާލްޑޯ ޓީމު ދޫކޮށްލުން ވަރަށް ގާތެވެ. އުމުރުން މިހާރު 41 އަހަރުގެ ކުޅުންތެރިޔާ އައް ނަސްރާ ގުޅުނީ 2023 ވަނަ އަހަރު އެވެ. އޭނާގެ ކުލަބުގެ ސީއީއޯ ވިދާޅުވީ ޔޫރަޕުން ކުޅުންތެރިން ގެނެވެން ނެތް ކަމަށާއި ހަރަދު ކުޑަކުރަން ޖެހިފައިވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
