
ފަރޓިލިޓީ ކެއަރ ފަންޑުގެ ދަށުން އައިވީއެފް ހެދުމަށް ހުޅުވާލި ފުރަތަމަ ފުރުޞަތުގައި ޝަރުތު ހަމަވި 37 ދެމަފިރިއަކަށް އެހީތެރިކަން ދިނުމަށް އެންސްޕާއިން ވަނީ ނިންމާފައެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހު ހުޅުވާލި މި ފުރުޞަތަށް 135 ދެމަފިރިއަކު ކުރިމަތިލާފައިވާއިރު، އެހީ ލިބޭ ފަރާތްތަކުން ފަރުވާ ކުރިއަށްގެންދާނެ ޕްލޭން މި މަހުގެ 11ގެ ކުރިން ހިއްސާކުރަންޖެހެއެވެ. އައިވީއެފް އެހީއަށް އެދޭއިރު ކައިވެންޏަށް 3 އަހަރުވުމާއި، ޞިއްޙީ ގޮތުން އެ ފަރުވާ ކޮންމެހެން ބޭނުންވާކަމަށް ސްޕެޝަލިސްޓުން ލަފާދީފައިވުން ފަދަ މުހިންމު ޝަރުތުތަކެއް ފުރިހަމަވާންޖެހެއެވެ. މީގެކުރިންވެސް އާސަންދައިގެ ދަށުން ދެ ބުރެއްގެ މަތިން 100 ދެމަފިރިއަކަށް މި ފަރުވާގެ އެހީ ދީފައިވާއިރު، ރާއްޖޭގައި ގާއިމްކުރި ފަރޓިލިޓީ ސެންޓަރުގެ އެހީގައި މިހާތަނަށް ދެ ކުދިން ވަނީ އުފަންވެފައެވެ. ސަރުކާރުގެ އެހީގައި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ގިނަ ބަޔަކު ދަނީ މި ފަރުވާ ހޯދަމުންނެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
