
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހިރާއްޖޭގައި އަލަށް ޢަމަލުކުރަން ފެށި މަސްވެރިކަމުގެ ޤާނޫނާއެކު މިދާއިރާއިން މުހިންމު ކުރިއެރުންތަކެއް ޙާޞިލުކުރެވިފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަޙްމަދު ވިދާޅުވެއްޖެއެވެ. ޑރ. އަމްޒަތު މިހެން ވިދާޅުވީ، އޯޝަން ގަވަނަންސް ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. އޯޝަން ގަވަނަންސް ފޯރަމަކީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާރޓްސްއިން އިސްނަގައިގެން ބާއްވަމުން އަންނަ ފޯރަމެކެވެ. މިއީ މީގެ 2 ވަނަ ފޯރަމެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަޙްމަދު ވިދާޅުވީ، މުއައްސަސާތަކާއި ކޯޕަރޭޝަންތައް ހަރުދަނާކަމާއެކު ހިންގޭނީ، ޤައުމީ ފެންވަރުގައި ވަރުގަދަ ޤާނޫނީ އަދި ސިޔާސީ އޮނިގަނޑެއް އޮވެގެންކަމަށެވެ.
ދިވެހިރާއްޖޭގައި އަލަށް ޢަމަލުކުރަން ފެށި މަސްވެރިކަމުގެ ޤާނޫނާއެކު މިދާއިރާއިން މުހިންމު ކުރިއެރުންތަކެއް ޙާޞިލުކުރެވިފައިވާކަމަށެވެ. ނަމަވެސް، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ޤާނޫނީ އޮނިގަނޑުވެސް މެދުނުކެނޑި ތަރައްޤީކުރަންޖެހޭތީ، ގޮންޖެހުންތައް އަދިވެސް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި މަރިކަލްޗަރ ފުޅާކުރުމާއި، މަސްވެރިކަމުގެ އުޞޫލުތަކަށް އަންނަ ބަދަލުތަކާއި، ބައިނަލްއަޤްވާމީ އައު އިލްތިޒާމުތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. “ބައިނަލްއަޤްވާމީ ވަޢުދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގައި މިހާރު ވަނީ 20 އަހަރު ދުވަހުގެ މަސްވެރިކަމުގެ މާސްޓަރ ޕްލޭނެއް އެކުލަވައިލާފައި. ސަރަޙައްދީ ފެންވަރުގައި ހިންގޭ ޤާނޫނީ އަދި ސިޔާސީ ދިރާސާތަކުގެ ސަބަބުން، ހުރި ފަރަގުތައް ދެނެގަނެވި، މަސައްކަތްތައް ތަކުރާރުވުން ކުޑަކުރެވި، އަދި ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ފައިދާހުރި އެންމެ ރަނގަޅު އުޞޫލުތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ”. އަމްޒަތު ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު ވިދާޅުވީ، ކަނޑުފަޅުގެ ކަންކަން ބެލެހެއްޓުން ނުވަތަ އޯޝަން ގަވަނަންސްއާއި ބެހޭ އެއްވެސް މަޝްވަރާއަކީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތަކަށް އަލިއަޅުވާނުލައި ފުރިހަމަވާނެ މަޝްވަރާއެއް ނޫންކަމަށެވެ. 99 އިންސައްތަ ކަނޑު ހިމެނޭ ދިވެހިރާއްޖެ ފަދަ ޤައުމަކަށް، ކަނޑުގެ އެސިޑިޓީ އިތުރުވުމާއި ފަރުތައް ހުދުވުމަކީ ރާއްޖޭގެ ދިރިހުރުމާ ސީދާ ގުޅިފައިވާ ނުރައްކާތަކެއްކަމަށެވެ. މުޅި ދެކުނު އޭޝިއާ ސަރަޙައްދުގައިވެސް މި ބަދަލުތަކުގެ ސަބަބުން ތޫފާންތައް ގިނަވެ، ރަށް ގިރުމުގެ މައްސަލަތައް އިތުރުވެ، އަދި މަސްވެރިކަމަށް ބުރޫއަރައި، އެތައް މިލިއަން ބައެއްގެ ދިރިއުޅުމާއި އާމްދަނީއަށް ވަނީ ނުރައްކާ ކުރިމަތިވެފައިކަމަށް އޭނާ ވިދާޅުވިއެވެ. އެމްއެންޔޫއިން އިންތިޒާމްކޮށްގެން ބާއްވާ އޯޝަން ގަވަނަންސް ފޯރަމް ކުރިއަށްދާނީ 1 ދުވަހުގެ ނިޔަލަށެވެ. މި ފޯރަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ބައިވެރިވެއެވެ. މީގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ 2023 ވަނަ އަހަރުއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
