
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޗެންޕިއަންކަން ކަށަވަރުވިޔަސް މުބާރާތުގެ ހުރިހާ މެޗެއް ކާމިޔާބުކުރަން ބޭނުންވާ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ. އެންމެފަހުން ނިއުރޭޑިއަންޓާއި ދެކޮޅަށް ކުޅުނު މެޗު ދިޔައީ އެއްވެސް ޕްރެޝަރެއް ނެތި ރަނގަޅަށް ކަމަށް ހެނާންޑޭޒް ވަނީ ބުނެފައެވެ. ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ލީގު ޗެންޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވިޔަ ނުދީ ހިފަހެއްޓި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ހެނާންޑޭޒް ބުނީ މެޗަށް ނިކުތް އިރު ޗެމްޕިއަންކަން ކަށަވަރުވެފައިވާތީ އެއްވެސް ޕްރެޝަރެއް ޓީމަށް ނެތް ކަމަށެވެ.
މާޒިޔާ އާއި ނިއު މެޗު 2-2 ލަނޑުން އެއްވަރުވެގެން ނިމުނު އިރު މި ނަތީޖާ އެކު މާޒިޔާ ލީގު އެއްވަނަ ލިބެނީ 45 ޕޮއިންޓާއެކުއެވެ. މިމެޗުން ހޯދި ޕޮއިންޓާ އެކު ނިއު ވަނީ ލީގުގެ ތިންވަނަ ކަށަވަރުކޮށްފައެވެ. އެއީ 17 މެޗުން ހޯދި 34 ޕޮއިންޓާއެކުއެވެ. ހެނާންޑޭޒް ބުނީ މެޗުގެ އެންމެ ފަހު މިނިޓްގައިވީ ގޮތް ނޭންގޭ ކަމަށާއި، ސަޕޯޓަރުންގެ ފަރާތުން ފެނިގެން ދިޔައީ އެންމެ އެދެވޭ މަންޒަރެއް ނޫން ކަމަށެވެ. އަދި ނިއުގެ ބައެއް ކުޅުންތެރިންވެސް ޕެނަލްޓީއެއް ނޫންކަމަށްބުނެ ވާހަކަ ދެއްކި ކަމަށް ފާހަގަ ކުރިއެވެ. އެންމެފަހު ވަގުތު ފެނިގެން ދިޔައީ އެންމެ ރަނގަޅު ކުޅުން ނޫން ކަމަށް ހެނާންޑޭޒް ބުންޏެވެ. އަދި އެންމެ ފަހުވަގުތު ފެނުނީ އެދެވޭ މަންޒަރެއް ނޫން ކަމަށާއި ބެންޗުން އަދި ސަޕޯޓަރުންގެ ފަރާތުންވެސް ބޭއަދަބީ މަންޒަރުތަކެއް ކަމަށެވެ.
ނިއު އިން ނަތީޖާ ހަމަހަމަ ކުރީ އިތުރުވަގުތުގެ ފަހު މިނިޓުގައި އޭރިއާ ތެރެއިން ހާޖީ ކީޕަރު ކައިރިން ނައްޓާލަން އުޅުމުން މާޒިޔާ ކީޕަރު ހުސެއިން ޝަރީފް ކުރި ފައުލަކަށް ދިން ޕެނެލްޓީ ކާމިޔާބު ކުރި ލަނޑުންނެވެ. މި ޕެނެލްޓީ ގޯލަށް ވައްދާލީ އަލީ އަޝްފާގެވެ. އަޝްފާގު ލަނޑު ޖެހުމާއެކު ރެފްރީ ވަނީ ކުޅުން ނިންމާލައިފއެވެ. މިހާރު މިއޮތީ ގާތްގަނޑަކަށް ލީގު ނިމިފަކަމަށާއި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ލީގުގެ ސަބަބުން ކުރިއެރުންތަކެއް ލިބިއްޖެކަމަށްވެސް ހެނާންޑޭޒް ފާހަގަކުރިއެވެ. ހެނާންޑޭޒް ބުނީ މާޒިޔާއަށާއި ސަޕޯޓަރުންނަށާއި އޭނާގެ ސްޕެއިންގެ އާއިލާއިން ދޭ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. ލީގުގެ ފަހު މެޗުގައި މާޒިޔާ ނުކުންނާނީ އޮޑިއާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
