
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް)
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ވިޔަފާރި ބަނދަރުގައި އޯޕަން ސްޓޯރޭޖުގައި މުދާ ބަހައްޓައިގެން ޑެމަރޭޖް ނާރާ މުއްދަތު އިތުރު ކޮށްފިއެވެ. މާލޭ ވިޔަފާރި ބަނދަރުގެ އޯޕަން ސްޓޯރޭޖުގައި ބަހައްޓާ މުދަލުން ފީ ނުނަގާ ބަހައްޓައިދޭ މުއްދަތު އިތުރު ކުރުމަށް އެމްޕީއެލްގެ ބޯޑުންވަނީ ނިންމާފައެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑު، އެމް.ޕީ.އެލްއިން ވަނީ، މާލޭ ވިޔަފާރި ބަނދަރަށް ކޮންޓޭނަރަށް ނުލައި ގެންނަ މުދަލުގެ ތެރެއިން، މާލޭ ވިޔަފާރި ބަނދަރުގެ “އޯޕަން ސްޓޯރޭޖް އޭރިޔާ”ގައި ސްޓޯރ ކުރާ މުދަލަށް ދޭ “ފްރީ ސްޓޯރޭޖް” މުއްދަތަށް ބަދަލު ގެނެސްފައެވެ. އެމްޕީއެލުން މީގެކުރިން ބަނދަރުގެ “އޯޕަން ސްޓޯރޭޖް އޭރިޔާ” ގައި ބަހައްޓާ ކޮންވެންޝަނަލް ކާގޯއަށް ޑެމަރޭޖު ނާރާ ގޮތަށް ނުވަތަ އަގަކާއި ނުލާ މުދާ ބަހައްޓައިދެނީ 5 ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެމްޕީއެލުން ގެނައި ބަދަލާއެކު މިހާރުވަނީ މި މުއްދަތު 10 ދުވަހުގެ މުއްދަތަށް އިތުރުކޮށްދީފައެވެ.
އެމްޕީއެލުން ވިދާޅުވީ، މިގޮތަށް ޑެމަރޭޖު ނާރާގޮތަށް ބަހައްޓާ މުދަލުގެ ތެރޭގައި ކޮންވެންޝަނަލް މުދާ ނުވަތަ އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުހިމެނޭ ކަމަށެވެ. އެކުންފުނިން ވިދާޅުވީ، މިގެނައި ބަދަލަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަ ކޮށްދިނުމަށާއި، އިޤްތިޞާދީ ގޮތުން އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ގެނައި ބަދަލެއް ކަމަށެވެ. މި ބަދަލަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށް، ޚާއްޞަކޮށް މުދާ އެތެރެކުރާ ކުދި ވިޔަފާރިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ. މި ގެނައި ބަދަލުތަކަށް އަމަލުކުރަން ފަށާނީ، ފެބްރުއަރީ އެކަކުން ފެށިގެން މާލެ ވިޔަފާރި ބަނދަރަށް އަންނަ އުޅަނދުތަކުން ބާލާ މުދަލަށެވެ. މިއީ، ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ހަރުދަނާކޮށް، ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ދުރުރާސްތާ ސިޔާސަތުގެ މުހިންމު ފިޔަވަޅެކެވެ.
އެމްޕީއެލުން މިގޮތަށް ނިންމާވާފައިމިވަނީ، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި، ވިޔަފާރިތަކުން ހުށަހެޅި ބައެއް ކަންބޮޑުވުންތަކާއި ގުޅިގެންނެވެ. ވިޔަފާރިވެރިންގެ މިކަންބޮޑުވުންތަކަށް ގެންނަމުންދާ ޙައްލުތަކުގެ ތެރެއިން ރައީސް ވަނީ، ރާއްޖެއަށް މުދާ އެތެރެކުރުމުގެ މަރުހަލާގައި އެމްއޭސީއެލްގައި ޑެމަރޭޖް ނާރާ ހޭދަވާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލު ކުރުމަށް ނިންމަވާފައެވެ. އަދި މުދާ ކުލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ. މި ބަދަލުތައް ގެނެސްފައިވަނީ، އެ ބައްދަލުވުމުގައި ވިޔަފާރި ވެރިން ހުށަހެޅި ޝަކުވާތަކާއި ޝުއޫރުތައް އަޑު އެއްސެވުމަށް ފަހުގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
