
(ފޮޓޯ ކްރެޑިޓްސް: މެލޭޝިއަން މެރީޓައިމް އެންފޯރސްމަންޓް އެޖެންސީ)
މެލޭޝިޔާގެ އައްސޭރިފަށުގެ ސަރަޙައްދެއްގައި ނުޤަވާޢިދުން އެއް އުޅަނދުން އެހެން އުޅަނދަކަށް ސާފުނުކުރާ ތެޔޮ ބަރުކުރަމުން ދަނިކޮށް، އެ ކަން ހުއްޓުވައި، ތެޔޮ އަތުލައިގަނެފިއެވެ. މެލޭޝިޔާގެ ކަނޑު ދަތުރުފަތުރާ ބެހޭ އިދާރާ، މެރިޓައިމް އެންފޯސްމެންޓް އޭޖެންސީން ބުނީ، އެ އިދާރާއިން އަތުލައިގަނެފައިވާ ތެލުގެ އަގު 129.9 މިލިޔަން އެމެރިކާ ޑޮލަރަށް އަރާ ކަމުގައެވެ. އެއީ، ކޮން ޤައުމަކުން ބޭރު ކޮށްފައިވާ ތެލެއް ކަން އެ އިދާރާއިން ސާފުކޮށްދީފައެއް ނުވެއެވެ. މެލޭޝިޔާގެ އިދާރާއިން ބުނީ، އެއް އުޅަނދުން އަނެއް އުޅަނދަށް ތެޔޮ ބަރުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ޕިނާންގްގެ މުޑާ ހެޑް ކިޔާ ސަރަޙައްދެއްގެ ހުޅަނގުން 24 ނޯޓިކަލް މޭރު ބޭރުން ކަމުގައެވެ. އެއީ، ނުޤަވާޢިދުން ތެލުގެ ވިޔަފާރި ހިންގާ ކަމަށް ފާހަގަ ކުރެވިފައިވާ ސަރަޙައްދެކެވެ. އެ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާ ކުރާނެ ކަން މެލޭޝިޔާ ސަރުކާރުން ހުސްވި އަހަރުގެ ޖުލައި މަހު ހާމަކޮށްފައިވެއެވެ.
ތެޔޮ ބަރުކުރުން ހުއްޓުވައި މެލޭޝިޔާގެ އިދާރާއިން ހިފަހައްޓާފައިވާ ދެ ތެޔޮ ޓޭންކަރުގައި 53 ފަޅުވެރިން ތިބި ކަމުގައި އެ އިދާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާ، މިޔަންމާ، އީރާން، ޕާކިސްތާން އަދި އިންޑިޔާގެ ރައްޔިތުންނެވެ. މެލޭޝިޔާގެ އިދާރާއިން ބުނީ، ހިފަހައްޓާފައިވާ ދެ އުޅަނދުގެ ކެޕްޓަނުން ހައްޔަރު ކޮށްފައިވާ ކަމުގައެވެ. މެލޭޝިޔާގެ އިދާރާތަކުން މިހާރު ދަނީ މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
