
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން ޣައްޒާއަށް ދިން ވަރުގަދަ ވައިގެ ޙަމަލާއެެއްގައި 32 މީހުން ޝަހީދުވެއްޖެއެވެ. މިއީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއް އެކުލަވާލައި އެ އެއްބަސްވުމަށް ނަމެއްގައި ޢަމަލުކުރަން ފެށިފަހުން ޔަހޫދީން މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ އެއް ޙަމަލާއެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ވަކިވަކި ގޭގެއަށާއި ފޭލިގެތަކުގެ އިތުރުން ފުލުހުންގެ އިދާރާއަކަށެވެ. ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ ޝައިޚް ރަދްވާންގެ ފުލުހުންގެ އިދާރާއަށް ޔަހޫދީން ދިން ޙަމަލާގައި ފަސް އޮފިސަރުން ހިމެނޭ ގޮތަށް 13 މީހުން ޝަހީދުވެފައިވެއެވެ. ދެން ޙަމަލާ ދީފައި ވަނީ ޚާން ޔޫނިސްްގައި ހުރި ފޭލިގެތަކަކަށާއި ޣައްޒާގެ ޣައްޒާ ސިޓީގައި ހުރި ގެތަކަކަށެވެ. އެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ މީހުން ޝަހީދުވި އިރު، އޭގެ ތެރޭގައި އެއް ގެއަކަށް ނިސްބަތްވާ ތިން އަންހެން ކުދިން ވެސް ހިމެނެއެވެ.
ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން ޤާއިމް ކުރި ފަހުން ވެސް ޔަހޫދީން ދަނީ އެ އެއްބަސްވުމާ ޚިލާފަށް ޣައްޒާއަށް ތަކުރާރުކޮށް ޙަމަލާތައް އަމާޒުކުރަމުންނެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި މިހާތަނަށް 71،654 މީހުން ޝަހީދުކޮށްލާފައިވާއިރު، އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ޝަހީދުކޮށްލި މީހުންގެ ޢަދަދު ވެސް 500އަށް އަރައެވެ. ޔަހޫދީން ޣައްޒާއަށް ވަރުގަދަ ޙަމަލާތަކެއް އަނެއްކާ ވެސް ދީފައި މި ވަނީ އެއްބަސްވުމުގެ ދެވަނަ މަރުހަލާގެ ދަށުން މިޞްރާއި ޣައްޒާއާ ދެމެދު އޮންނަ ރަފަޙް ހުރަސް ފެބްރުއަރީ މަހުގެ 1ވަނަ ދުވަހު އަލުން ހުޅުވައިލުމަށް ހަމަޖެހިފައި ވަނިކޮށެވެ. ޔަހުދީ ދިފާޢީ ވުޒާރާގެ ގުނަވަނެއް ކަމަށްވާ ކޯގެޓުން ބުނީ ރަފަޙް ހުރަސް ހުޅުވައިލުމަށް ނިންމާފައި ވަނީ ވަކި އުސޫލެއްގެ ދަށުން ހަމައެކަނި ޢާންމުންނަށް އެ ހުރަސް ބޭނުންކުރެވޭ ގޮތަށް ކަމަށެވެ. އަދި އެ ހުރަސް މެދުވެރިކޮށް މުދާ ނުއުފުލޭނެ ކަމަށެވެ. ރަފަޙް ހުރަސް ބޭނުން ކުރުމަށް ޔަހޫދީންގެ ސަލާމަތީ ކްލިއަރެންސެއް ހޯދަން ޖެހޭނެއެވެ. އަދި ހުރަސްކުރުންތައް އިންތިޒާމް ކުރާނީ ޔަހޫދީންނާ މިޞްރާ ގުޅިގެންނެވެ. ހުރަހާ ގުޅޭ ކަންކަން ބަލަހައްޓާނީ ވިލާތުގެ އިއްތިޙާދުގެ ބޯޑަރ ކޮންޓްރޯލް އޭޖެންޓުންނެވެ. އެއީ މީގެ ކުރިން، 2025ވަަނަ އަހަރުގެ ޖަނަވަރީ މަހު އެ ހުރަސް ހުޅުވައިލި އިރު ވެސް ޔަހޫދީން ޢަމަލުކޮށްފައިވާ ގޮތެވެ.
ޔަހޫދީން ބުނީ ހަނގުރާމައިގެ ޙާަލަތުގައި ޣައްޒާ ދޫކޮށް ގޮސްފައިވާ މީހުންނަށް މިޞްރާއި ރަފަޙް ހުރަސް މެދުވެރިކޮށް ޣައްޒާއަށް އަނބުރާ އާދެވޭނެ ކަމަށެވެ. ނަމަވެސް އޭގެ ކުރިން ޣައްޒާއިން ބޭރުވެފައިވާ މީހުންނަށް އެ ފުރުޞަތު ނުލިބޭނެ ކަމަށެވެ. އެ ގޮތަށް އަނބުރާ އަންނަ މީހަކަށް ވެސް ޣައްޒާއަށް އެތެރެވެވޭނީ ޔަހޫދީންގެ ސަލާމަތީ ކްލިއަރެންސް ފުރިހަމަ ކުރުމަށް ފަހުގައެވެ. އަދި މީހުން ދެނެގަތުމާއި ސްކްރީން ކުރުމުގެ އިތުރު މަރުހަލާއެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށް ވެސް ޔަހޫދީން ބުނެފައިވެއެވެ. އެ މަރުހަލާގެ ފުރިހަމަ ބާރު އޮންނާނީ ޔަހޫދީންގެ އަތުގައެވެ. ޣައްޒާއަށް އެދެވޭ މިންވަރަކަށް އެހީގެ ސާމާނާއި މުދާ އެތެރެ ކުރުމަށް ޔަހޫދީން އަދިވެސް ފުރުޞަތު ދީފައެއް ނުވެއެވެ. ޣައްޒާގެ ރައްޔިތުން ފިނި މޫސުމާ ކުރިމަތިލަމުންދާ މި ދުވަސްވަރު، ބޭނުންވާ މުހިންމު ސާމާނު ނުލިބުމުގެ ސަބަބުން ރައްޔިތުންގެ ޙާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. އދ ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އިދާރާތަކުން ދަނީ ޣައްޒާއަށް އެޙީގެ ސާމާނު ވެއްދޭނެ މަގުތައް ހުޅުވައިލުމަށް ޔަހޫދީންނަށް ގޮވައިލަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
