
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، ކިއުބާގައި ކާބޯތަކެއްޗާއި، ތެލާއި ގިނަ އަސާސީ ޚިދުމަތްތައް ނުލިބި، އާންމު ރައްޔިތުން ގިނަ ގޮންޖެހުންތަކާއި ނިކަމެތި ތަޙައްމަލުކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ރޮއިޓަރސް ނޫހާ ވާހަކަ ދެއްކި ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ބުނި ގޮތުގައި، ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން، ގިނަ ސަރަޙައްދުތަކުން ދޭތެރެއަކުން ކަރަންޓުގެ ޚިދުމަތް ކެނޑެއެވެ. އަދި ކާބޯތަކެތީގެ އަގުތައް އަތް ނުފޯރާ ފަށަށް މަތިވެފައިވާކަމަށް އެ މީހުން ބުންޏެވެ. އެމެރިކާ ސިފައިން ވެނެޒުއޭލާއަށް އަރައި، އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށްގެން ގެންދިޔުމާ ގުޅިގެން، ވެނެޒުއެލާއިން ވެސް މިހާރު ވަނީ ކިއުބާއަށް ތެޔޮ ފޯރުކޮށްދިނުން ހުއްޓާލައިފައެވެ.
ކިއުބާއަށް ތެޔޮ ފޯރުކޮށްދޭ ޤައުމުތަކަށް ޑިޔުޓީ ބޮޑުކުރާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން، ވެނެޒުއެލާގެ އިތުރުން މެކްސިކޯއިން ވެސް މިހާރު ވަނީ ކިއުބާއަށް ތެޔޮ ސަޕްލައިކުރުން މެދުކަނޑާލައިފައެވެ. ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި، ކިއުބާގެ ޕޭސޯގެ އަގު ވަނީ ފާއިތުވި ތިން ހަފްތާގެ ތެރޭގައި އިތުރު 10 އިންސައްތައިން ދަށަށް ގޮސްފައެވެ. އެއާ އެކު ލިބޭ އާމްދަނީ އާ ނުބައްދަލު މިންވަރަށް ކާބޯތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ. ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން، ޕަބްލިކް ޓްރާންސްޕޯޓާއި ޓެކްސީގެ ޚިދުމަތް ދިނުމަށް އުނދަގޫވެ، ދަތުރުފަތުރުގެ ނިޒާމަށް ވެސް ވަނީ ބުރޫއަރައިފައެވެ.
ކާބޯތަކެއްޗާއި އަސާސީ ޚިދުމަތްތައް ނުލިބި، ކިއުބާގެ ޙާލަތު، އިންސާނީ ކާރިޘާއަކަށް ބަދަލުވުމުގެ ނުރައްކާ ބޮޑުކަމަށް ބައިނަލްއަޤުވާމީ ބައެއް ޖަމްޢިއްޔާތަކުން ވަނީ ބުނެފައެވެ. ކިއުބާގެ ސަރުކާރާ ދެކޮޅަށް އާންމުންގެ އެތައް ހާސް ބަޔަކު ނުކުމެ 2021 ވަނަ އަހަރު ކުރި މުޒާހަރާ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ހުއްޓުވައިފައެވެ. އެ ހަމަނުޖެހުންތަކުގައި އެކަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ. އެ މުޒާހަރާތަކާ ގުޅިގެން 700 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، ޖަލަށްވެސް ލާފައިވެއެވެ. އޭގެފަހުން، ސަރުކާރާ ދެކޮޅަށް ޙަރަކާތްތައް ހިންގުން ކިއުބާގެ ސަރުކާރުން ވަނީ ހިފަހައްޓައިފައެވެ. އެހެންކަމުން، އާންމު ދިރިއުޅުމުގެ ޙާލަތު މި ދަރަޖައަށް ވެއްޓިފައިވީނަމަވެސް، އާންމުން މަގުތަކަށް ނުކުމެ އަދި އަޑުއުފާލަފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
