
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޕާކިސްތާނުގެ ހަމަނުޖެހުން ބޮޑު، ހުޅަނގު ދެކުނު ބަލޫޗިސްތާން ސަރަޙައްދުގައި، އެއް ވަގުތެއްގައި ދިން ޙަމަލާތަކެއްގައި ފުލުހުންގެ 8 މީހަކު މަރުވެފައިވާކަމަށް ބުނެފިއެވެ. ފުލުހުން ބުނީ، ރޭގެ މެންދަމުގެ ވަގުތެއްގައި، އެ ސަރަޙައްދުގެ ވެރިރަށް ކްވެޓާގައި ހުންނަ ޕޮލިސް ސްޓޭޝަންތަކަށް ޢަމާޒުކޮށް، ޕާކިސްތާނުން ވަކިވެގަނެ، ބަލޫޗިސްތާންގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާޢަތުގެ ހަނގުރާމަވެރިން އެއް ވަގުތެއްގައި ޙަމަލާތައް ދީފައިވާ ކަމަށެވެ. މި ޙަމަލާގެ ޒިންމާ އެ ޤައުމުގެ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ބަލޫޗިސްތާނު ލިބަރޭޝަން އާމީ ނުވަތަ ބީއެލްއޭއިން ވަނީ އުފުލައިފައެވެ. ބީއެލްއޭއަކީ ބަލޫޗިސްތާންގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ ނަމުގައި ހަނގުރާމަ ކުރަމުންދާ ހަތިޔާރު އެޅި ޖަމާޢަތެކެވެ.
ޕާކިސްތާންގެ ސަލާމަތީ ބާރުތަކުގެ އޮފިޝަލަކު ރޮއިޓަރސް ނޫހަށް ވިދާޅުވީ، މި ޙަމަލާތައް މައިގަނޑު ގޮތެއްގައި ފެއިލްކޮށްލެވުނީ، ހަނގުރާމަވެރިންގެ ރޭވުންތެރިކަން ނެތުމުން ކަމަށެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އެ ޙަމަލާ ދިނުމަށްފަހު، ހަނގުރާމަވެރިން ވަނީ ޕާކިސްތާންގެ ސަލާމަތީ ބާރުތަކުގެ ބައެއް މީހުން ރަހީނުކޮށްގެން ގެންގޮސްފައެވެ. ނަމަވެސް، މި ޙަމަލާއާ ގުޅޭގޮތުން ޕާސްކިތާނުގެ ސަރުކާރުން އަދި އަސްކަރިއްޔާއިން ވެސް އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ބީއެލްއޭއިން އަނެއްކާ ވެސް ބަލޫޗިސްތާނުގައި ޙަމަލާއެއް ދީފައި މި ވަނީ އެ ސަރަޙައްދުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަންތަކެއްގައި 41 ހަނގުރާމަވެރިން މަރާލާފައިވަނިކޮށެވެ.
ބީއެލްއޭއިން ދަނީ، ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުގެ އިތުރުން ޢުމްރާނީ ބައެއް ވަޞީލަތްތަކަށް ޢަމާޒުކޮށް ޙަމަލާތައް ދެމުންނެވެ. މިގޮތުން، މިދިޔަ އަހަރު 450 ފަސިންޖަރުންނާއެކު ދަތުރުކުރި ރޭލެއް ބީއެލްއޭއިން ހިޞާރުކޮށް، ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
