
ޢަލީ މަސީޙަކީ ފުވައްމުލަކުގެ ހާލަތާއި ރައްޔިތުންގެ އިހުސާސްތައް އެންމެ ގާތުން ދަންނަ، ގާބިލު ކެންޑިޑޭޓެކެވެ. ލޯކަލް ކައުންސިލް އިންތިޚާބަށް އޭނާ ކުރިމަތިލައްވަނީ ތަފާތު އެކި ދާއިރާތަކުން ހޯއްދަވާފައިވާ އަހަރުތަކެއްގެ މުއްސަނދި ތަޖުރިބާއާ އެކުގައެވެ. އޭނާގެ ކޮންމެ ވާހަކައަކީ އޮށްޓަރު ހުރި، ހަގީގީ ނަތީޖާ ދެއްކޭނެ ފަދަ އުންމީދީ ވައުދުތަކެކެވެ. ޕީއެންސީގެ ޓިކެޓުގައި ފުވައްމުލަކު ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މަސީޙަކީ އިގްތިސާދީ ގޮތުން ފުދުންތެރި، ވިލުންތެރި މުޖުތަމައެއް ބިނާކުރުމުގެ ސާފު ތަސައްވުރެއް ގެންގުޅުއްވާ ޒުވާނެކެވެ.
“އަޅުގަނޑު ބޭނުންވަނީ ދުރާލާ ރޭވިފައިވާ، ހަރުދަނާ ތަރައްޤީއެއް،” މަސީޙު ވިދާޅުވިއެވެ. އޭނާގެ މައިގަނޑު އަމާޒަކީ ވަގުތީ ހައްލުތަކަށް ބަރޯސާވުމުގެ ބަދަލުގައި، ރައްޔިތުންނާ ގުޅިގެން، ވިލަރެސްކުރެވިފައިވާ ދެމެހެއްޓެނިވި ތަރައްޤީއެއް ރަށަށް ގެނައުމެވެ. މަސީޙުގެ ވިސްނުންފުޅަކީ ހަމައެކަނި ޚިޔާލީ ވާހަކަތަކެއް ނޫނެވެ. ކުދި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަކީ އޭނާގެ މުހިންމު އަމާޒެކެވެ. ރަށުގެ އިގްތިސާދު ފުޅާކުރުމަށްޓަކައި، މިހާރު ރަށުގައި ދިރިއުޅޭ އާބާދީ 15،000 އާއި 20،000 އާ ދެމެދުގެ އަދަދަކަށް އިތުރުކުރަންޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވައެވެ. މީގެ އިތުރުން ފުވައްމުލަކަކީ ތައުލީމީ މަރުކަޒަކަށް (އެޑިއުކޭޝަނަލް ހަބް) ހެދުމަކީވެސް އޭނާގެ ތަސައްވުރުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޢަލީ މަސީޙުގެ ގާބިލުކަން ހާމަވަނީ އޭނާގެ ތައުލީމީ އަދި މަސައްކަތުގެ ބެކްގްރައުންޑުންނެވެ. އެމްބީއޭ ފުރިހަމަކުރައްވާފައިވާ މަސީޙު ވަނީ ތައުލީމީ ދާއިރާގައި ލެކްޗަރާއެއްގެ ގޮތުގައި 11 އަހަރު، ފަތުރުވެރިކަމުގެ ދާއިރާގައި 10 އަހަރު، އަދި ކައުންސިލްގެ އިސް މަގާމުތަކުގައި 12 އަހަރު ޚިދުމަތް ކުރައްވާފައެވެ. ފުވައްމުލަކުގެ ތަރައްޤީ އައު އުސްމިންތަކަކަށް ގެންދިއުމުގެ އަޒުމުގައި އޭނާ އިސްކަންދެއްވަނީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރަށުގެ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދިއުމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
