
ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، ‘ސްވައިޕް’ގެ ލިމިޓެޑް ރިލީޒުގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ، ރާއްޖެއާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރާ %100 ދިވެހި އުފެއްދުމެއް ތަޖުރިބާ ކޮށްލުމަށް ލިބޭ ފުރުޞަތެކެވެ. ބީއެމްއެލްއިން ވިދާޅުވީ، ލިމިޓެޑް ރިލީޒުގައި ސްވައިޕް ބޭނުންކުރުމުގެ ފުރުސަތު ލިބޭނީ swipe.mv މެދުވެރިކޮށް ރަޖިސްޓްރީވާ ފުރަތަމަ 5،000 ކަސްޓަމަރުންނަށް ކަމަށެވެ. އަދި ރަޖިސްޓްރީވުމަށްފަހު ކަސްޓަމަރުންނަށް ސްވައިޕްގެ ފީޗަރތައް ބޭނުން ކުރެވޭނެ ކަމަށެވެ. އެގޮތުން ޕަރސަން-ޓު-ޕަރސަން ޓްރާންސްފަރތަކާއި ކިއުއާރު މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތަކާއި، ސްވައިޕް މެދުވެރިކޮށް ހޭދަކުރާ ގޮތުގެ އިންސައިޓްސް ބަލައިލެވޭނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ. މީގެ އިތުރުން ޕޭމަންޓް ލިންކް ފޮނުވައި، ފަސޭހަކަމާއެކު ޓޮޕްއަޕްކޮށް، ވޮލެޓުގައި ހުރި ފައިސާ ބީއެމްއެލް އެކައުންޓަށް އަނބުރާ ފޮނުވޭނެ ކަމަށެވެ.
ސްވައިޕް ފަރުމާކޮށްފައިވަނީ، ރާއްޖޭގެ ރެގިއުލޭޓަރީ މިންގަނޑުތަކާއި، އިންޓަރނޭޝަނަލް ޕޭމަންޓް ސްޓޭންޑާޑުތަކާ އެއްގޮތަށެވެ. އަދި މަލްޓި-ކަރަންސީ ވޮލެޓެއްގެ ގޮތުގައި ބޭނުންކުރާ ސްވައިޕް ޓޮޕްއަޕް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އެކައުންޓުތަކުގައި ކޮންމެ ކްރެޑިޓް އަދި ޑެބިޓް ކާޑެއްވެސް ބޭނުން ކުރެވޭނެއެވެ.
ސްވައިޕްއިން ލިބޭ އިތުރު ފައިދާތައް:
• ދިވެހިރާއްޖޭގެ އުފެއްދުންތައް ބޭރު ޤައުމުތަކަށް ފޮނުވުމަށް އެހީވެދޭނެ
• ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ގެނެސްދޭނެ
• ދުނިޔޭގެ މަޝްހޫރު ޕޭމެންޓް ވޮލެޓުތަކާއި އެއް ފެންވަރުގެ އުފެއްދުމެއް
• ދިވެހި ޒުވާނުންގެ ހުނަރު ހާމަކޮށްދޭ ފިންޓެކް އުފެއްދުމެއް
• ސްވައިޕް ދިވެހިރާއްޖެ މުޅި ދުނިޔެއާ ގުޅުވާލަދޭނެ
އެންމެ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާއެކު ތަރައްޤީކޮށްފައިވާ އަދި ދިވެހިރާއްޖޭގެ އިތުރުން ބައިނަލްއަޤުވާމީ ޤަވާއިދުތަކާއި، ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ފެތޭ ސްވައިޕަކީ ބޭރުގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެކެވެ. ފްރީލާންސަރުންނާއި، އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް އެކި ޤައުމުތަކުގެ ކްލައިންޓުން ނުވަތަ ކަސްޓަމަރުންގެ ފަރާތުން ފައިސާ ލިބިގަތުމަށްވެސް ސްވައިޕް އެހީތެރިވެދޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު މިއީ ރާއްޖެ އަންނަ ފަތުރުވެރިންނަށްވެސް ރާއްޖޭގައި ފައިސާ ދެއްކުމަށް ފަސޭހަ ވޮލެޓަކަށް ވާނެއެވެ. ބީއެމްއެލްއިން ‘ސްވައިޕް’ އިފްތިތާޙު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އަދި އެބޭންކުން ވަނީ، މިއަހަރު ” ސްވައިޕް”ގެ ޚިދުމަތް ދިނުމަށް ނިންމާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
