
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއާ އެކު “އިންސާފުވެރި އަދި ހަމަހަމަ” މިންގަނޑުތަކެއްގެ ދަށުން މަޝްވަރާތައް ބޭއްވުމަށް އީރާނުން ތައްޔާރަށް އޮތް ކަން އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ހާމަކުރައްވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، އެމެރިކާއާ އެކު މަޝްވަރާ ކުރުމަށް އިންކާރު ކޮށްފި ނަމަ، އެ ޤައުމާ ދެކޮޅަށް ޙަމަލާ ދޭނެ ކަމުގައި ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގައެވެ. ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން ހިމެނޭ ބިޔަ ލަޝްކަރެއް އީރާން ކައިރިއަށް ފޮނުވާފައެވެ. އަދި، އިތުރު މަނަވަރުތައް އީރާން ކައިރިއަށް ދަތުރު ކުރަމުންދާ ކަން އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަނުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، ޓްރަމްޕް އެންމެ ފަހުން ވިދާޅުވެފައި ވަނީ، އީރާނާ އެކު މަޝްވަރާތައް ފެށުމާ ގުޅޭ ގޮތުން ވިސްނަވަމުން ގެންދަވާ ކަމުގައެވެ.
ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ޓްރަމްޕްގެ ދަޢުވަތަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޢަރާޤިޖީ ވިދާޅުވީ، އެމެރިކާއާ އެކު މަޝްވަރާތައް ފެށުމަށް އީރާނުން ވެސް ތައްޔާރަށް އޮތް ކަމުގައެވެ. ނަމަވެސް، އެ މަޝްވަރާތައް ބާއްވަން ޖެހޭނީ “އިންސާފުވެރި އަދި ހަމަހަމަ” މިންގަނޑުތަކެއްގެ ތެރެއިން ކަމުގައި އޭނާ ވިދާޅުވިއެވެ. “މަޝްވަރާތައް ބޭއްވުމުގައި އީރާންގެ އެއްވެސް އިޢުތިރާޟެއް ނެތް، ނަމަވެސް ޙަމަލާދޭނެ ކަމުގެ އިންޒާރުގެ ހިޔަނީގައި އެ ކަމެއް ނުކުރެވޭނެ،” ޢަރާޤިޖީ ވިދާޅުވިއެވެ. ނަމަވެސް، އީރާންގެ ދިފާޢީ ކަންކަމާއި، މިސައިލް ޕުރޮގުރާމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިންކާރު ކުރައްވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
“އީރާންގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ބޭރު ބަޔަކާ ބެހެވޭނެ ކަމެއް ނޫން، އީރާންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދިފާޢީ ގާބިލުކަން ފުޅާކޮށް ހަރުދަނާ ކުރަން ޖެހުނު މިންވަރަކަށް އެ ކަން ކުރުމުގައި ދެމިތިބޭނަން،” ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ޙަކާން ފިދާންއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޢަރާޤިޖީ ވިދާޅުވިއެވެ. އީރާނަށް ޙަމަލާއެއް ދޭން ޖެހިދާނެ ކަމުގައި ޓްރަމްޕް އެންމެ ފަހުން ވިދާޅުވެފައި ވަނީ، އީރާންގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް އެ ޤައުމުގެ އެތަކެއް ހާސް ބަޔަކު މުޒާހަރާ ކުރަން ފެށުމާ ގުޅިގެންނެވެ. އަދި، އެ މުޒާހަރާތައް ހުއްޓުވުމުގެ ނަމުގައި މުޒާހަރާގެ ބައިވެރިންނަށް ޙަމަލާދީ، އޭގެ ތެރެއިން ބަޔަކު މަރަމުންދާ ކަމުގެ ޚަބަރުތައް ފެތުރެން ފެށުމާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ، މުޒާހަރާގެ ބައިވެރިން މެރުން ހުއްޓައިނުލައިފި ނަމަ، އީރާންގެ ދާޚިލީ މައްސަލައިގެ ތެރެއަށް އެމެރިކާއިން ތަދައްޚުލުވާނެ ކަމުގައެވެ. އީރާނަށް ޓްރަމްޕް އިންޒާރު ދެއްވި ފަހުން އީރާންގެ މަސްރަޙު ވަނީ ފިނިވެފައެވެ. އަދި، މުޒާހަރާތައް ވަނީ މަޑުޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
