
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދެ އަހަރެއްހާ ދުވަހު ބަންދުކޮށްފައި އޮތުމަށް ފަހު ޣައްޒާއާއި މިޞްރާ ދެމެދު އޮންނަ ރަފަޙް ހުރަސް ފެބްރުއަރީ މަހުގެ 1ވަނަ ދުވަހު ހުޅުވައިލާނެ ކަމަށް ޔަހޫދީން ބުނެފިއެވެ. ރަފަޙް ހުރަހަކީ ޔަހޫދީ ދައުލަތުގެ ތެރެއިން ދަތުރުކުރަން ނުޖެހި ޣައްޒާއިން ނިކުމެވޭ ހަމައެކަނި ދޮރާއްޓެވެ. 2024ވަނަ އަހަރުގެ މެއި މަހުން ފެށިގެން އެ ހުރަސް ހުރީ ބަންދުކޮށްފައެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް މިދިޔަ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފަށާފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގައި ރަފަޙް ހުރަސް ހުޅުވައިލުމަށް ޝަރުތުކޮށްފައިވެއެވެ. ނަމަވެސް ޔަހޫދީން މިހާތަނަށް އެ ހުރަސް ހުޅުވާލައިފައެއް ނުވެއެވެ.
ޔަހޫދީ ދިފާޢީ ވުޒާރާގެ ގުނަވަނެއް ކަމަށްވާ ކޯގެޓުން ބުނީ ރަފަޙް ހުރަސް ހުޅުވައިލުމަށް ނިންމާފައި ވަނީ ވަކި އުސޫލެއްގެ ދަށުން ހަމައެކަނި ޢާންމުންނަށް އެ ހުރަސް ބޭނުންކުރެވޭ ގޮތަށް ކަމަށެވެ. އަދި އެ ހުރަސް މެދުވެރިކޮށް މުދާ ނުއުފުލޭނެ ކަމަށެވެ. ރަފަޙް ހުރަސް ބޭނުން ކުރުމަށް ޔަހޫދީންގެ ސަލާމަތީ ކްލިއަރެންސެއް ހޯދަން ޖެހޭނެއެވެ. އަދި ހުރަސްކުރުންތައް އިންތިޒާމް ކުރާނީ ޔަހޫދީންނާ މިޞްރާ ގުޅިގެންނެވެ. ހުރަހާ ގުޅޭ ކަންކަން ބަލަހައްޓާނީ ވިލާތުގެ އިއްތިޙާދުގެ ބޯޑަރ ކޮންޓްރޯލް އޭޖެންޓުންނެވެ. އެއީ މީގެ ކުރިން، 2025ވަަނަ އަހަރުގެ ޖަނަވަރީ މަހު އެ ހުރަސް ހުޅުވައިލި އިރު ވެސް ޔަހޫދީން ޢަމަލުކޮށްފައިވާ ގޮތެވެ.
ޔަހޫދީން ބުނީ ހަނގުރާމައިގެ ޙާަލަތުގައި ޣައްޒާ ދޫކޮށް ގޮސްފައިވާ މީހުންނަށް މިޞްރާއި ރަފަޙް ހުރަސް މެދުވެރިކޮށް ޣައްޒާއަށް އަނބުރާ އާދެވޭނެ ކަމަށެވެ. ނަމަވެސް އޭގެ ކުރިން ޣައްޒާއިން ބޭރުވެފައިވާ މީހުންނަށް އެ ފުރުޞަތު ނުލިބޭނެ ކަމަށެވެ. އެ ގޮތަށް އަނބުރާ އަންނަ މީހަކަށް ވެސް ޣައްޒާއަށް އެތެރެވެވޭނީ ޔަހޫދީންގެ ސަލާމަތީ ކްލިއަރެންސް ފުރިހަމަ ކުރުމަށް ފަހުގައެވެ. އަދި މީހުން ދެނެގަތުމާއި ސްކްރީން ކުރުމުގެ އިތުރު މަރުހަލާއެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށް ވެސް ޔަހޫދީން ބުނެފައިވެއެވެ. އެ މަރުހަލާގެ ފުރިހަމަ ބާރު އޮންނާނީ ޔަހޫދީންގެ އަތުގައެވެ.
ޣައްޒާއަށް އެދެވޭ މިންވަރަކަށް އެހީގެ ސާމާނާއި މުދާ އެތެރެ ކުރުމަށް ޔަހޫދީން އަދިވެސް ފުރުޞަތު ދީފައެއް ނުވެއެވެ. ޣައްޒާގެ ރައްޔިތުން ފިނި މޫސުމާ ކުރިމަތިލަމުންދާ މި ދުވަސްވަރު، ބޭނުންވާ މުހިންމު ސާމާނު ނުލިބުމުގެ ސަބަބުން ރައްޔިތުންގެ ޙާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. އދ ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އިދާރާތަކުން ދަނީ ޣައްޒާއަށް އެޙީގެ ސާމާނު ވެއްދޭނެ މަގުތައް ހުޅުވައިލުމަށް ޔަހޫދީންނަށް ގޮވައިލަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
