
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީންގެ ޣައްޒާގައި ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް އެމެރިކާއިން އުފައްދާފައިވާ ސެންޓަރުގެ އިސް ސަފަށް ބަދަލުތަކެއް ގެނެސްފިއެވެ. މިދިޔަ އޮކްޓޯބަރު މަހު، ޔަހޫދީންނާއި ޙަމާސް ޖަމާޢަތާ ދެމެދު ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއެކު، އެމެރިކާއިން ސިވިލް މިލިޓަރީ ކޮމާންޑް ސެންޓަރ (ސީއެމްސީސީ)ގެ ނަމުގައި މަދަނީ އަދި އަސްކަރީ އިސްވެރިންތަކެއް ހިމަނައިގެން ސެންޓަރެއް އުފެއްދީ، އެ އެއްބަސްވުމަށް ދެ ފަރާތުން ވެސް އިޙްތިރާމް ކުރޭތޯ ފާރަވެރިވެ، ސުލްޙަ ދަމަހައްޓަން ބާރު އެޅުމުގެ ބޭނުމުގައެވެ.
އެ ސެންޓަރަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާގައި ސުލްޙަ ޤާއިމުކޮށް، އަލުން ބިނާކުރުމަށް ހުށަހަޅުއްވާފައިވާ ސުލްޙައިގެ ޕްލޭންގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ކަމެކެވެ. ބައެއް މަސްދަރުތަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނި ގޮތުގައި، އެ ސެންޓަރުގެ އަސްކަރީ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވި ޖެނެރަލް ވަނީ މިހާރު ބަދަލުކޮށްފައެވެ. އަދި މަދަނީ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނެވި ޚާރިޖީ ދާއިރާގެ ބޭފުޅާވެސް މިހާރު ވަނީ، ޔަމަނުގައި ހުންނަވާ އެމެރިކާގެ ސަފީރުކަމަށް ވަނީ ޢައްޔަނުކޮށްފައެވެ. މި ސެންޓަރުގެ އިސް ސަފަށް ބަދަލުތަކެއް ގެނެސްފައިމިވަނީ، މުސްތަޤުބަލުގައި، މި ސެންޓަރުން ޣައްޒާގައި އަދާކުރާނެ ދަޢުރާ މެދު ހުޅަނގުގެ އެހެން ޤައުމުތަކުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕްގެ ސުލްޙައިގެ ޕްލޭންގެ ދަށުން، ޣައްޒާ ހިންގުމުގެ ހުރިހާ ކަމަކާ ޙަވާލުވާނީ އެކި ޤައުމުތަކުގެ މަންދޫބުންގެ މައްޗަށް އެކުލެވޭ “ބޯޑް އޮފް ޕީސް”އިންނެވެ. ޓްރަމްޕް އިސްވެ ހުންނަވާ އެ ބޯޑުގައި ބައިވެރިވުމަށް ގިނަ ޤައުމުތަކަށް މިހާރު ވަނީ ދަޢުވަތުވެސް ފޮނުއްވައިފައެވެ. އަދި ބައެއް ޤައުމުތަކުން އެ ދަޢުވަތު ޤަބޫލުކޮށް، އެ ބޯޑުގައި ބައިވެރިވުމުގެ ޝަޢުޤުވެރިކަން ވަނީ ފާޅުކޮށްފައެވެ. މި ބޯޑު، ޣައްޒާ ހިންގުމާ ޙަވާލުވުމުން، ސީއެމްސީސީން ދެން އަދާކުރާނެ ދަޢުރާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
