
ޤައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ އައްޑޫ، ފުވައްމުލައް، ގއ. އަދި ގދ. އަތޮޅު ވައިގެ މަގުން ގުޅާލުމުގެ އޮޕަރޭޝަން ފެބްރުއަރީ 1 އިން ފެށިގެން ފެށުމަށް ވަނީ ނިންމާފައެވެ. ގަން އިންޓަރނޭޝަނަލް އެއާޕޯޓު ބޭސްއެއްގެ ގޮތުގައި ބޭނުންކޮށްގެން ކުރިއަށްގެންދާ މި ދަތުރުތަކަށް ބޭނުންކުރަނީ 15 މީހުންގެ ޖާގައިގެ ޓްވިން އޮޓަރ މަރުކާގެ ބޯޓުތަކެވެ. މި ޚިދުމަތުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ މެދުގައި ދަތުރުފަތުރު ކުރުމަށް ބޮޑު ލުޔެއް ލިބި، އިޖުތިމާޢީ ގުޅުންތަކާއި ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މި ދަތުރުތައް ފަސް ސެކްޓަރަކަށް ބަހާލާފައިވާއިރު، ޓިކެޓުގެ އަގުތައް އުޅެނީ 500 ރުފިޔާ އާއި 900 ރުފިޔާއާ ދެމެދުގައެވެ. މިގޮތުން ގަމާއި ފުވައްމުލަކާ ދެމެދު 500 ރުފިޔާއަށް ދަތުރުކުރެވޭއިރު، ފުވައްމުލަކުން ކޫއްޑޫ ނުވަތަ ކާޑެއްދޫއަށް 650 ރުފިޔާއަށް އަދި ގަމުން ކޫއްޑޫ ނުވަތަ ކާޑެއްދޫއަށް 900 ރުފިޔާއަށް ދަތުރުކުރެވޭނެއެވެ. މިއީ ސަރަޙައްދީ ދަތުރުފަތުރު ހަރުދަނާކޮށް، ބޭސްފަރުވާއާއި ތަޢުލީމީ ބޭނުންތަކަށް ރައްޔިތުން ކުރާ ދަތުރުތަކަށް ފަސޭހަ ކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ފެށި މުހިންމު މަސައްކަތެކެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
