
ދެކުނުގެ އަތޮޅުތައް ގުޅާލުމަކީ ތަރައްޤީގެ އަސްލު އިހުސާސް ރައްޔިތުންނަށް ވެގެންދާނެ ބަދަލެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދެކުނުގެ 4 އަތޮޅު މޯލްޑިވިއަންގެ ސީ ޕްލޭންގެ ޚިދުމަތުން ގުޅުވާލުމަށް އައްޑޫ ސިޓީ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވަނީ ދެކުނު ދަތުރުފަތުރުގެ ނިޒާމަށް މިހާތަނަށް އައި ބަދަލުތައް ހާމަކުރައްވާފައެވެ. އެގޮތުން ދެކުނު އަތޮޅުތައް ސީޕްލޭނުން ގުޅާލުމަކީ އުމްރާނީ ވަސީލަތްތަކަށް އަންނަ ބަދަލުތަކާއެކު އެތަންތަނުގެ އަސްލު މަންފާ ރައްޔިތުންނަށް ލިބޭނެ ޚިޔާލެއް ޤައުމުގެ ވެރިއެއްގެ ތަސްވުރަށް ގެނެވި އެކަން ހަގީގަތަކަށް ހަދައި ރައްޔިތުންނަށް މަންފާ ހޯދައިދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
ވަޒީރު އިޙްސާން ވިދާޅުވީ ރާއްޖޭގައި ސީޕްލޭން އަދި އެއަރޕޯޓުގައި އެފަދަ ބޯޓުތައް އޮޕަރޭޓް ކުރެވޭގޮތް ހުންނަތާ އެތައް ޒަމާނެއް ވެފައިވާ ކަމަށެވެ. ނަމަވެސް މީގެ ކުރިން އެ ޚިދުމަތް ދެކުނުގައި ފެށިފައިނުވާ ކަމަށާއި މިއަދު އެ ޚިދުމަތް ފެށިގެންގޮސްފައިވަނީ ރައްޔިތުންނަށް ޚިދުމަތެއް ދިނުމުން އެ ޚިދުމަތަކުން ރައްޔިތު މީހާގެ ދިރިއުޅުމަށް ފަސޭހަކަމެއް ގެނެސްދޭނެ ކަމުގެ އިހްސާސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ވެވަޑައިގަންނަވާތީ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މި ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ދެކުނުގެ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެ ރައްޔިތުންގެ އިޙްސާސްތައް ދެނެވަޑައިގެން ކުންފުނިތަކަށް އިރުޝާދު ދެއްވައިގެން ފެއްޓެވި ޚިދުމަތެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން އެ ރަށުން އަނެއް ރަށަށް ޚިދުމަތް ހޯދަން ދަތުރުކުރާ ރައްޔިތުންނަށް އެތައް ލުއިތަކެއް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
“މިދައްކަނީ ޚިޔާލަށް ގެންނަވާ ކަނޑު ރަނގަޅު ދުވަހެއްގައި ފަސް ގަޑިއިރުން ދޮޅު ގަޑިއިރުން ދެން 20 މިނެޓަށް މިހާރު އައި ތަފާތުގެ ވާހަކަ. ކަނޑުގަދަ ދުވަހެއް ނަމަ ދަތުރު ނުކުރަން ނިންމުމާއި ދަތުރު ވަކި ހިސާބަކުން އަނބުރާ ދާންޖެހުމާއި ނުވަތަ ދޮޅު ގަޑިއިރުގެ ދަތުރު 3 ގަޑިއިރަށް ދެމިގެންދިއުމާ މި ހުސް ދިމާވެފައި ހުރި ކަންތައްތައް. އެހެންވީމަ އަޅުގަނޑުމެންގެ ހަޔާތަށް ތަރައްގީއޭ މިކިޔާ އަސްލު އިހުސާސްވާކަހަލަ ބަދަލެއް ގެނެވޭ ނިންމުމެއް މި ނިންމުމަކީ،” ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބެޑްނައިޓްސް އިތުރުނުވުން ކަމަށާއި ދެކުނުގައި ތަފާތު އެކިކަންކަން ތަޖުރިބާކުރެވޭގޮތް ހުރި އިރު އެކި ރަށްރަށަށް ފަސޭހައިން ދަތުރު ކުރެވޭނެ ގޮތް ވުމަކީ ބެޑްނައިޓް އިތުރުކުރުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށެވެ. އަދި މިހާރު ފެށިފައިވަނީ ދެކުނުގެ ގުޅިފައިވާ ޓޫރިޒަމްގެ އިކޯ ސިސްޓަމެއް ކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
