
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވަނީ “ވަށައިޖެހޭ ތައުލީމުގައި އުންމަތް ބިނާކުރުން” މި މައުޟޫއަށެވެ. އުނގެނުމަކީ ބުރަ މަސައްކަތެއް ނަމަވެސް، އެއީ ސުވަރުގެއަށް މަގުފަހިކޮށްދޭ އަގުހުރި ޖިހާދެއްކަން ހުތުބާގައި ފާހަގަކުރެއްވިއެވެ. ތައުލީމުގެ މަގްސަދަކީ ހަމައެކަނި ވަޒީފާއަކަށް ތައްޔާރުވުން ނޫން ކަމަށާއި، އެއީ އިންސާނާގެ ބުއްދިއާއި އަހުލާގު ސާލިހުކޮށްދޭ ވަށައިޖެހޭ ތަރުބިއްޔަތަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މުދައްރިސުންނަކީ ދަރިވަރުންގެ ހިތްތަކުގައި އީމާންކަމާއި އަހުލާގުގެ ބިންގާ އަޅައިދޭންޖެހޭ މުރައްބީން ކަމަށާއި، ކޮންމެ މާއްދާއެއް ކިޔަވައިދިންކަމުގައި ވިޔަސް އިސްލާމީ އުސޫލުތަކަށް އިސްކަންދިނުމަށް ހުތުބާގައި ގޮވާލެއްވިއެވެ. ބެލެނިވެރިންނަށް އިލްތިމާސްކުރެއްވީ ހަމައެކަނި ތަކެތި ހޯދައިދިނުމުގެ ބަދަލުގައި، ދަރިންގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަންދީ، ކާމިޔާބީއާއި ނާކާމިޔާބީގައިވެސް ދަރިންނަށް ހިތްވަރުދޭ އައްޑަނައަކަށް ވުމަށެވެ.
ކަމާބެހޭ އިދާރާތަކުން ތައުލީމީ ސިޔާސަތުތަކާއި މަންހަޖުތައް އިލާހީ މަންހަޖާ އެއްގޮތަށް، ޒަމާނާ ގުޅޭގޮތަށް ބައްޓަންކުރުމަކީ އަންނާން އޮތް ޖީލުތަކަށްޓަކައި އަދާކުރަންޖެހޭ ބޮޑު އަމާނާތެއްކަން ހުތުބާގައި ހަނދާންކޮށްދެއްވިއެވެ. އުންމަތް މިއަދު ބޭނުންވަނީ ދީނީ އަދި ދުންޔަވީ އިލްމުގެ މާހިރުން ހިމެނޭ، އިހުލާސްތެރި އަދި ގައުމީ މަސްލަހަތު އިސްކުރާ އަދުލުވެރި ޖީލެއް ބިނާކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
