
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ނ. އަތޮޅުގައި ތަރައްޤީކުރާ ‘އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް’ މަޝްރޫޢުގެ ބިންގާ އަޅައިފިއެވެ. މި މަޝްރޫޢުގެ ބިންގާ އަޅުއްވާދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއަކީ ރާއްޖޭގެ ސްޕެޝަލް އިކޮނިމިކް ޒޯން، އެސްއީޒެޑްގެ ދަށުން ހިންގާ ފުރަތަމަ ބޮޑު މަޝްރޫޢެވެ. ސަރުކާރުން މި މަޝްރޫޢުގެ ހުއްދަ ރަސްމީކޮށް ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 11 ގައެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި، ދެކުނުފަރު އަދި ކުރަމާދޫ ހިމެނޭ ސަރަހައްދުގައެވެ.
ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ޖުމްލަ 790 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިޔަން ރުފިޔާގެ އިންވެސްޓްމެންޓެކެވެ. މި މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ މާރިޗު މަހު ފަށައި، ޑިސެންބަރު މަހުގެ ނިޔަލަށް ވަނީ ނިންމާލާފައެވެ. މި ޓައުންޝިޕްގެ ޚާއްޞަ ސިފަތަކުގެ ތެރޭގައި، އެތަނަށް ބޭނުންވާ ކަރަންޓުގެ 60 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން އުފެއްދުން ހިމެނެއެވެ. މީގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ޓޫރިޒަމް ސްކޫލެއް މި ސަރަހައްދުގައި ޤާއިމުކުރެވޭނެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުއަކަލްޗަރ އަދި މެރިކަލްޗަރ ޒޯނެއްވެސް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާނެއެވެ. 2028ވަނަ އަހަރުގެ ނިމުމުގެ ކުރިން ސަސްޓެއިނަބަލް ޓައުންޝިޕް އޮޕަރޭޝަނަށް ގެނައުމަށް އަމާޒު ހިފާފައިވާއިރު، މި މަޝްރޫޢަކީ މުޅި އިންޑިއާ ކަނޑުގެ ސަރަހައްދުގައިވެސް ފާހަގަކޮށްލެވޭނެ ތަފާތު މަޝްރޫޢަކަށް ވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މި މަޝްރޫޢު ނިމުމުން މިއީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭނެ ދެމެހެއްޓެނިވި ތަރައްޤީގެ ނަމޫނާއަކަށް ވާނެކަމަށް ސަރުކާރުން ވިދާޅުވެއެެވެ.
މީގެ އިތުރުން، މި މަޝްރޫއު ނިމުމުން، މިއީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށާއި، މަސައްކަތްކުރާ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް ބޭނުންވާ ހުރިހާ އަސާސީ ހިދުމަތްތަކެއް ފުރިހަމައަށް ލިބިގެންދާނެ، ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓުގެ އައު މޫނުމައްޗަށް ވެގެންދާނެއެވެ. ހަމަމިއާއެކު، މި މަޝްރޫޢުގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް އުފެދި، ޢާންމު ޚިދުމަތްތައް ޤާއިމުވެ، ތަޢުލީމާއި ތަމްރީންވުމުގެ ފުރުޞަތުތައް ފަހިވެ، ވަށައިޖެހޭ ތަރައްޤީ ރާއްޖެއަށް ގެނައުމަށް މަގުފަހިވާނެއެވެ. މިއީ ސީދާ ރައްޔިތުންނަށް ފައިދާކުރާނެ، ދެމެހެއްޓެނިވި ގޮތެއްގައި މުޅި ޤައުމުގެ އިޤުތިޞާދީ ދުވެލި ހަލުވިކޮށްދޭނެ މަޝްރޫޢުއެކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
