
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ނަޝާޙް / ފޭސްބުކް)
ކ. ކާށިދޫ ފަޅާއި ނ. ފަރުމުލީގައި ރިސޯޓު ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އިޢުލާނުކޮށްފައެވެ. މި ދެ މަޝްރޫޢަކީވެސް ފަޅު ހިއްކައިގެން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަންކަމެވެ. އެގޮތުން ކާށިދޫ ފަޅުން 10 ހެކްޓަރުގެ ރަށެއް ހިއްކައިގެން 100 އެނދުގެ ރިސޯޓެއް، އަދި ފަރުމުލިން 15 ހެކްޓަރުގެ ރަށެއް ހިއްކައިގެން 150 އެނދުގެ ރިސޯޓެއް ތަރައްޤީކުރަން ޖެހެއެވެ.
މި ފަޅުތައް 50 އަހަރަށް ކުއްޔަށް ދޫކުރާއިރު، ބިން ދޫކުރާތާ 36 މަސް ތެރޭގައި އަމަލީ މަސައްކަތް ފަށަންޖެހެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ފެބުރުވަރީ 16 އަދި މާރިޗު 3 ގައި ވަރޗުއަލް ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބީލަން ފޮތް ފެބުރުވަރީ 1 އިން މާރިޗު 31 އާ ހަމައަށް ވިއްކާއިރު، ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 1 އެވެ. އިތުރު މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު މާރިޗު 29 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
