
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުން ރާއްޖޭން ބޭރުން ގަންނަ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް އިތުރުކޮށްފިއެވެ. މި އައު ލިމިޓަށް ޢަމަލުކުރަން ފަށާނީ އަންނަ ފެބުރުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ. ބޭންކް އޮފް މޯލްޑިވްސްއިން ވަނީ އެ ބޭންކުން ދޫކުރާ 3 ބާވާތެއްގެ ކްރެޑިޓް ކާޑުތަކުން ރާއްޖޭން ބޭރުން ގަންނަ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. މިއީ ބީއެމްއެލްއިން ކޮންމެ މީލާދީ މަހަކަށް ކަނޑައަޅާފައިވާ ލިމިޓެކެވެ. އެގޮތުން ކްލެސިކް ކްރެޑިޓް ކާޑާއި، ގޯލްޑް ކްރެޑިޓް ކާޑުގެ އިތުރުން ޕްލެޓިނަމް ކްރެޑިޓް ކާޑަށް ދޫކުރާ ލިމިޓް ވަނީ އިތުކޮށްފައެވެ.
ބީއެމްއެލްއިން ކްރެޑިޓް ކާޑް ލިމިޓަށް ގެނެސްފައިވާ ބަދަލުތައް:
* ކްލެސިކް ކްރެޑިޓް ކާޑު – 750 ޑޮލަރުން 1400 ޑޮލަރަށް
* ގޯލްޑް ކްރެޑިޓް ކާޑު – 750 ޑޮލަރުން 1500 ޑޮލަރަށް
* ޕްލެޓިނަމް ކްރެޑިޓް ކާޑު – 1500 ޑޮލަރުން 3000 ޑޮލަރަށް
މި ބަދަލަށް ޢަމަލުކުރަން ފަށާނީ، އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ބީއެމްއެލްއިން ވިދާޅުވީ މިއީ ކޮންމެ ކަސްޓަމަރަކަށް ޑެބިޓް ކާޑުން ބޭނުންކުރެވޭ ލިމިޓުގެ އިތުރަށް އެ ކަސްޓަމަރެއްގެ ކްރެޑިޓް ކާޑަށް ހަމަޖައްސާފައިވާ ލިމިޓެއް ކަމަށެވެ. ބޭންކް އޮފް މޯލްޑިވްސްއިން ޑެބިޓް ކާޑު ލިމިޓަށް ބަދަލު ގެނެސްފައިވާއިރު، ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް މިދިޔަ ނޮވެންބަރު މަހު ވަނީ އިތުރުކޮށްފައެވެ. އަދި އެއާލައިންތަކުން ޓިކެޓް ގަތުމަށާއި، ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑުން ހޮޓަލަށް ފައިސާ ދެއްކުމާއި، ޚަރަދު ކުރާ އަދަދު 3000 ޑޮލަރަށްވަނީ އިތުރުކޮށްފައެވެ. މިއާއެކު ޑެބިޓް ކާޑު މެދުވެރިކޮށް ބޭސްފަރުވާއަށް މިއަދަދުން ހޮސްޕިޓަލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެ ކަމަށް މީގެ ކުރިން ބީއެމްއެލްއިން ވިދާޅުވެފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ޑޮލަރު ލިމިޓުތަކަށް ބަދަލު ގެނެސްފައިމިވަނީ، ސަރުކާރުން ބޭރުފައިސާގެ މައްސަލަ ހައްލުކުރުމަށް ބޭރުފައިސާގެ ޤާނޫނަށް ގެނައި ބަދަލުތަކާއެކުއެވެ. ފަތުރުވެރިކަމުގެ ސިނާޢަތް މެދުވެރިކޮށް ރާއްޖެއަށް ވަންނަ ޑޮލަރުގެ ކަނޑައެޅިފައިވާ އިންސައްތައެއް މާރުކުރާ ގޮތަށް ޤާނޫނު ބަދަލުކޮށްފައިވާއިރު، ބޭންކުތަކުން ދަނީ މީގެ ތެރެއިން ބޮޑު ބައެއް އެމްއެމްއޭއަށް ޖަމާ ކުރަމުންނެވެ. އަދި މި ފައިސާ ބޭންކުތަކަށް ހަމަހަމަ ގޮތެއްގައި ދޫކޮށް ޑޮލަރު ލިބުމުގައި ބޭންކުތަކަށް ހުރި ދަތިތަކަށް ހައްލު ލިބޭނެހެން އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
