
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް)
ރޯދަމަހާއި ދިމާކޮށް މާލޭ ވިޔަފާރި ބަނދަރަށް މުދާ ބޭލުމަށް ގިނަ އަދަދެއްގެ އުޅަނދު އައުމުން އުފެދިފައިވާ ބެކްލޮގް ކްލިއަރ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ. އެމްޕީއެލްއިން ވިދާޅުވީ، ގިނަ އަދަދެއްގެ އުޅަނދު ބަނދަރަށް މުދާ ބޭލުމާއި ލޯޑް ކުރުމަށް ކޯލް ކުރުމާއި ގުޅިގެން މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ހުރި ދަތިކަމާއެކު، މުދާ ބޭލުމުގައި ދަތިތަކެއް ކުރިމަތިވެ ބެކްލޮގެއް އުފެދިފައިވާ ކަމަށެވެ. އަދި މިހިނގާ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން، މާލޭ ވިޔަފާރި ބަނދަރަށް ކޮންޓޭނަރ އުފުލާ 7 އުޅަނދު ކޯލްކޮށްފައިވާ ކަމަށެވެ. މި އުޅަނދު ފަހަރުން މާލޭ ވިޔަފާރި ބަނދަރަށް ބާލަން ޖުމްލަ 3،901 ޓީއީޔޫ ހުރިއިރު، ލޯޑް ކުރުމަށް ހުރީ ޖުމްލަ 2،700 ޓީއީޔޫއެވެ.
މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުމުގައި އުފެދިފައިވާ ބެކްލޮގް ފިލުވުމަށް އެމްޕީއެލްގެ އޮޕަރޭޝަންސްގެ ޓީމުތަކުން ކުރި ބުރަ މަސައްކަތުން، މިއަދުގެ 12:00 އާ ހަމައަށް ނުބޭލި ހުރީ، 1،250 ޓީއީޔޫ ކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި ލޯޑް ކުރަން ހުރީ، 1،118 ޓީއީޔޫކަން އެމްޕީއެލްއިން ފާހަގަކުރެއެވެ. އެހެންކަމުން މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ކޯލް ކުރި އުޅަނދުތަކުގެ ތެރެއިން ހުސް ނުކުރެވި ހުރީ، އެންމެ ދެ އުޅަނދު ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާ ގުޅިގެން، މި ގޮތަށް އެއް ފަހަރާ ގިނަ ބޯޓު ފަހަރު އަންނަ ކޮންމެ ދުވަސްވަރެއްގައިވެސް މުދާ ބޭލުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެއެވެ. އެހެން ނަމަވެސް، އެމްޕީއެލްގެ އޮޕަރޭޝަންސްގެ ޓީމުތަކުން ދަނީ ވީހާވެސް އަވަހަށް މުދާ ބޭލުމުގެ މަސައްކަތްތައް އިންތިޒާމް ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
އެމްޕީއެލްގެ މާލޭ ސަރަހައްދުގެ ކޮންޓޭނަރ ޓަރމިނަލްތައް (މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓަރމިނަލް)ގެ ޖުމްލަ ކެޕޭސިޓީއަކީ، 2،750 ޓީއީޔޫއެވެ. އެހެން ނަމަވެސް، މި ވަގުތުވެސް އެމްޕީއެލްގެ ޓަރމިނަލްތަކުގައި ޖުމްލަ 5،338 ޓީއީޔޫ އެބަހުއްޓެވެ. މާލެ ވިޔަފާރި ބަނދަރުން ޚިދުމަތް ދިނުން އަވަސް ކުރުމަށް އެމްޕީއެލްއިން ވަނީ، ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ދިވެހިރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް، 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ހުޅުވާލުމަށް ނިންމައި، އެ ސަރަހައްދުން ޚިދުމަތް ދޭން ވަނީ ފަށާފައެވެ. މީގެ ކުރިން މި ޚިދުމަތް ދެމުން އައީ، 18 ގަޑިއިރަށެވެ. ނަމަވެސް މިހާރު 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
