
ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރާއި ހަމައަށް ގެނެސްދޭނެ ލޯކަލް ކައުންސިލްތައް އިންތިޚާބުކުރުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ މާފަންނު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ ޕީއެންސީގެ ފަރާތުން އިންތިޚާބަށް ވާދަކުރައްވާ ކެނޑިޑޭޓުންނަކީ އިތުރު ތަޢާރަފެއް ބޭނުންވާ ކެނޑިޑޭޓުން ނޫންކަމަށާއި، އެ ބޭފުޅުންނަކީ ރައްޔިތުންގެ އިޚްތިރާމާއި ލޯބި ލިބިފައިވާ ކެނޑިޑޭޓުންކަމަށެވެ.
ރައީސްގެ އަނބިކަނބަލުން ވިދާޅުވީ އަދުގެ ރައީސަކީ ހީވާގި ވެރިއެއްކަން ރައްޔިތުން ޤަބޫލުކުރައްވާނެކަމަށާއި، ކައުންސިލްތަކަށް ބޭނުންވަނީ ހިވާގި ވެރިއަކާއެކު މަސައްކަތްކުރާނެ ކައުންސިލްތަކެއްކަމަށެވެ. އަދި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާނެކަމަށް ވިދާޅުވާ ބޭފުޅުން ކައުންސިލްތަކަށް އިންތިޚާބުކޮށްގެން ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ނެތްކަމަށެވެ. “މިއަދު އަޅުގަނޑުމެން މި މަސައްކަތް ކުރަން މިޖެހެނީ، އަދުގެ ސަރުކާރުން މިދަނީ ރަނގަޅު ސިޔާސަތުތަށްކަން ކޮންމެ މީހަކަށް އެެބަ އެނގޭ. ބޭނުންވަނީ ކިޔަވައިގެން ތިބި ހީވާގި ސިޔާސީ ބަޔަކު ނިކުންނަން. ދީނީ ކަންކަމުގައި ސަރުކާރުން ގެންގުޅުއްވާ އުސޫލުތައް ހުރިހާ ބޭފުޅުންވެސް ޤަބޫލުކުރައްވާނެ. އިޖްތިމާއީ ބޮޑެތި މައްސަލަތަކަށް ހައްލު ގެނައުމަށް ވަރަށް އުނދަގޫ ނިންމެވުންތައް ނިންމަވަމުން ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ. އެފަދަ ސަރުކާރަކަށް އެއްބާރުލުން ދޭ ބަަޔަކު އިންތިޚާބުނުކޮށްފިނަމަ އޭގެ ގެއްލުން ހުރިހާ ރައްޔިތުންނަށް ކުރާނެ” ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ރައީސްގެ އަނބިކަނބަލުން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުންނަށް ފައިދާވާނެ މަސައްކަތްކޮށްދޭނެ ކެނޑިޑޭޓުން އިންތިޚާބުކުރުން ވަރަށް މުހިއްމުކަމަށެވެ. އަދި އެކަމަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރާއި ހަމައަށް ގެެނެސްދޭނެ ކައުންސިލްތަކެއް ބޭނުންވާނެކަމަށާއި، އެހެންކަމުން ސަރުކާރުން އެއްބާރުލުން ދޭނެ ކެނޑިޑޭޓުން އިންތިޚާބުކޮށްދެއްވުމަށް ރައީސްގެ އަނބިކަނބަލުން އެދިވަޑައިގެންނެވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
