
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް)
މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރުތައް އުފުލުމަށް ބޭނުންކުރާ އާރުޓީޖީ ކެރޭންތަކަށް ބޮޑު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުން ފަށައިފިއެވެ. އެމްޕީއެލުން ވިދާޅުވީ، މި ކެރޭންތަކަށް ބޮޑު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައި މިވަނީ ގާތްގަނޑަށް 19 އަހަރަށް ފަހު ކަމަށެވެ. މި މަސައްކަތަކީ އެ ކުންފުނިން ބޭނުންކުރާ ކެރޭންތައް އަޕްގްރޭޑް އަދި މެއިންޓެއިންކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫއެއް ކަމަށް އެމްޕީއެލުން ވިދާޅުވިއެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.
އެމްޕީއެލުން ވިދާޅުވީ، ފުރަތަމަ ފިޔަވަހީގައި ކެރޭންތަކުގެ ކޮންޓްރޯލް އަދި ޑްރައިވް ސިސްޓަމްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ދެވަނަ ފިޔަވަހީގެ ދަށުން ކެރޭންތަކުގެ ޕަވަރ އަދި އިންޖީނު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
To ensure continued reliability and efficiency, we are conducting an extensive upgrade and maintenance on our RTG cranes.
The two-phase upgrade includes modernizing control and drive systems in Phase 1, followed by power and engine upgrades in Phase 2 starting on July 2026.… pic.twitter.com/9GqziVrmC9
— Maldives Ports Limited (@Portmv) January 26, 2026
އެމްޕީއެލުން ވިދާޅުވީ، ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމާ، ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެމްޕީއެލުން ހާމަކުރި ގޮތުގައި މިހާރު ބޭނުންކުރަމުންދާ އާރުޓީޖީ ކެރޭންތަކަކީ 2007 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ އުޅަނދުތަކެކެވެ. ގާތްގަނޑަކަށް 19 އަހަރުގެ މުއްދަތަކަށް މި ކްރޭންތައް ބޭނުންކޮށްފައިވުމުން، އޭގެ މަސައްކަތުގެ ފެންވަރު ދެމެހެއްޓުމަށާއި އިތުބާރު ހިފޭ ގޮތަށް މަސައްކަތް ކުރުމަށް މި އަޕްގްރޭޑަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މުދާ ކްލިއާ ކުރުން ލަސްވުމަކީ މީގެ ކުރިން އެތައް ވިޔަފާރިވެރިންނެއް ކުރަމުން އައި ޝަކުވާއެެކެވެ. އެހެންކަމުން ކެރޭންތަކަށް މިގެންނަ އަޕްގްރޭޑާއެކު ބަނދަރުގެ އޮޕަރޭޝަންތައް މިހާރަށްވުރެ ހަލުވިވެ، މުދާ ހޭންޑްލް ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ. އަދި މީގެ ސަބަބުން މުދާ އަވަހަށް ކްލިއާ ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް އަންނާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ. އެމްޕީއެލުން މުދާ ކްލިއާކުރުމަށް ބޭނުންކުރާ ކެރޭންތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެމްޕީއެލުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރާއްޖެ އަންނަ އާގު ބޯޓުފަހަރަށް ޕޯޓް މިއަދުން ފެށިގެން ޕޯޓް ލިމިޓް އޭރިޔާއަށް 24 ގަޑިއިރު ވަދެވޭގޮތައް ވަނީ ބަދަލުގެނެސްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
