
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާގެ އުތުރު އިރުމަތީގައި އޮންނަ އަލްޤާމިޝްލީ ވައިގެ ބަނދަރުގައި ޤާއިމްވެ ތިބި ރަޝިޔާގެ ސިފައިން އެ އަސްކަރީ މަރުކަޒުން ފައިބަން ފަށައިފިއެވެ. އަލްޤާމިޝްލީ ވައިގެ ބަނދަރުގައި ރަޝިޔާގެ ސިފައިން ޤާއިމްވީ 2019ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އެ ވައިގެ ބަނދަރުގައި ތިބޭ ރަޝިޔާ ސިފައިންގެ ޢަދަދު ސޫރީޔާގެ އެހެން އަސްކަރީ މަރުކަޒުތަކުގައި ޤާއިމުވެ ތިބޭ ސިފައިންގެ ޢަދަދަށްވުރެ ނިސްބަތުން މަދެވެ. އަލްޤާމިޝްލީ އޮންނަ ސަރަޙައްދަކީ ކުރުދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދެކެވެ. ސޫރިޔާގެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ އެ ސަރަޙައްދު ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށެވެ. ފާއިތުވި ދުވަސްތަކުގައި ސޫރިޔާގެ ސަރުކާރާއި ކުރުދީންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުންދާއިރު، އަލްޤާމިޝްލީގައި ތިބި ރަޝިޔާގެ ސިފައިން އެ މަރުކަޒުން ފަައިބަން ފަށާފައި މި ވަނީ ސޫރިޔާގެ ސަރުކާރާއި، ކުރުދީންގެ ސޫރިއަން ޑިމޮކްރެޓިކް ފޯސަސްއާ ދެމެދު ޤާއިމްކޮށްފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ ނާޒުކު އެއްބަސްވުމުގެ މުއްދަތު އިތުރު 15 ދުވަހަށް އިތުރުކޮށްފައި ވަނިކޮށެވެ.
އެނގިފައިވާ ގޮތުގައި ރަޝިޔާ ސިފައިން އަލްޤާމިޝްލީ އަސްކަރީ މަރުކަޒުން ފައިބަން ފަށާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެ މަރުކަޒުގައި ތިބި ބައެއް ސިފައިންނާއި ބަރު ހަތިޔާރާއި އަސްކަރީ އުޅަނދުތައް ވަނީ ހުޅަނގު ސޫރިޔާގައި ހުންނަ ރަޝިޔާގެ ހަމީމީމް ވައިގެ މަރުކަޒަށް ބަދަލުކޮށްފައެވެ. ބައެއް ސިފައިން އަނބުރާ ރަޝިޔާއަށް ވެސް ގެންގޮސްފައި ވެއެވެ. ރަޝިޔާގެ ސިފައިން އަލްޤާމިޝްލީއިން ފޭބި ނަމަވެސް އެ މަރުކަޒުގައި ރަޝިޔާގެ ދިދަތައް ޖަހާފައި އަދިވެސް އެބަހުއްޓެެވެ. އަދި ރަޝިޔާގެ އަސްކަރީ މަތިންދާބޯޓު ވެސް އެ ވައިގެ ބަނދަރުގައި އެބަހުއްޓެވެ. ރަޝިޔާ ސިފައިން ދެން ބޮޑަށް ޤާއިމް ވާނީ ސޫރިޔާގެ އެހެން ސަރަޙައްދުތަކުގައި ކަމަށް ބެލެވެއެވެ.
ރަޝިޔާގެ ސަރުކާރުން ދިޔައީ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް އަސަދާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. ނަމަވެސް މީގެ 14 މަސް ދުވަސް ކުރިން އަލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމުން ރަޝިޔާއިން ވަނީ ސޫރިޔާގެ މިހާރުގެ ރައީސް އަޙްމަދު ޝަރާޢުއާ ގުޅުން ބަދަހިކޮށްފައެވެ. މިދިޔަ އަހަރު ޝަރާޢު ވަނީ ސޫރިޔާއާއި ރަޝިޔާއާ ދެމެދު މީގެ ކުރިން ޤާއިމްކޮށްފައިވާ އެންމެހާ އެއްބަސްވުންތަކަށް އިޙްތިރާމް ކުރާނެ ކަމަށް ބުނެފައެވެ. އެހެންކަމުން ސޫރިޔާގައި ޤާއިމްކޮށްފައިވާ ރަޝިޔާގެ މައި އަސްކަރީ މަރުކަޒުތަކަށް އަސަރެއް ކުރާނެ ކަމަށް ނުބެލެވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
