
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެތައް ބިލިއަން ޑޮލަރުގެ ދިފާޢީ އެއްބަސްވުމެއްގެ ދަށުން، ފަރަންސޭސިވިލާތުން އިންޑޮނީޝިއާއަށް “ޣަފަލް” މަރުކާގެ ތިން ހަނގުރާމަމަތީ މަތިންދާބޯޓު ފޯރުކޮށްދީފިއެވެ. އިންޑޮނީޝިއާގެ ބައުވެފައިވާ އަސްކަރީ އާލާތްތައް އައުކުރުމަށްޓަކައި، 8 ބިލިއަން އެމެރިކާ ޑޮލަރުގެ ދިފާޢީ އެއްބަސްވުމެއްގައި ފަރަންސޭސިވިލާތާއެކު ސޮއިކޮށްފައިވަނީ 2022ވަނަ އަހަރުގެ ތެރޭގައެވެ. އެ އެއްބަސްވުމުގެ ދަށުން، ފަރަންސޭސިވިލާތުން އުފައްދާ “ޣަފަލް” މަރުކާގެ 42 ހަނގުރާމަމަތީ މަތިންދާބޯޓާއި ސަބްމެރިން ފަދަ އަސްކަރީ އާލާތްތައް އިންޑޮނީޝިއާއަށް ފޯރުކޮށްދޭނެއެވެ.
ފަރަންސޭސިވިލާތުގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، މި އަހަރުގެ ތެރޭގައި އިތުރު މަތިންދާބޯޓުތައް އިންޑޮނީޝިއާ ޙަވާލުކުރާނެއެވެ. ނަމަވެސް، މި އަހަރު ޙަވާލުކުރާނެ މަތިންދާބޯޓުތަކުގެ ސީދާ ޢަދަދެއް ތަރުޖަމާނު ވިދާޅުވެފައެއް ނުވެއެވެ. އިންޑޮނީޝިއާގެ އަސްކަރިއްޔާގެ އިސް ވެރިއެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ޚިދުމަތްކުރައްވާފައިވާ، ޕްރަބޯވޯ ސުބިއަންތޯ އެ ޤައުމުގެ ރައީސްކަމަށް ވަޑައިގެން، އަސްކަރީ އާލަތްތައް ޒަމާނީ ކުރުމުގެ މަސައްކަތް ވަނީ ފައްޓަވައިފައެވެ. ފަރަންސޭސިވިލާތުގެ އިތުރުން، ޗައިނާ، އެމެރިކާ އަދި ތުރުކީވިލާތުން ވެސް ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި ޒަމާނީ އަސްކަރީ އާލާތްތައް ހޯދުމުގެ މަޝްވަރާތައް ދަނީ ކުރެވެމުންނެވެ. މީގެއިތުރުން، ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި އަސްކަރީ ޑްރޯންތައް ހޯދުމަށް ޕާކިސްތާނާއެކު ވެސް އެއްބަސްވުމެއް އެކުލަވައިލުމުގެ މަޝްވަރާތައް މިދިޔަ މަހުގެ ތެރޭގައި ކުރެވުނުކަމަށް ރޮއިޓަރސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
އިންޑޮނީޝިއާގެ އަސްކަރީ އާލާތްތައް ޒަމާނީ ކުރުމަށްޓަކައި، ސުބިއަންތޯގެ ސަރުކާރުން ވަނީ ދިފާޢީ ބޮޑު ބަޖެޓެއް ވެސް ކަނޑައަޅުއްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
