
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިންޑިއާއަކީ ޗައިނާގެ “ރަނގަޅު”، އަވައްޓެރިއެއް، ބައިވެރިއެއް އަދި ރަހުމަތްތެރިއެއްގެ ގޮތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ސިފަކުރައްވައިފިއެވެ. އިއްޔެ ފާހަގަކުރި އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ރައީސަށް ފޮނުއްވި މެސެޖުގައި، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި، އިންޑިއާ އާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަން ޝީ ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ ހަރުދަނާ އަދި ބަދަހި ގުޅުމަކީ، މުޅި ދުނިޔޭގެ ސުލްޙަ މަސަލަސްކަމާއި ފާގިތަކަން ދެމެހެއްޓުމަށް މުހިންމުކަމެއްގެ ގޮތުގައި ޝީ ވަނީ ވިދާޅުވެފައެވެ.
ޝީ ވިދާޅުވި ގޮތުގައި، އަވައްޓެރި، ރަހުމަތްތެރި ރަނގަޅު ގުޅުމުގެ އިތުރުން ރަނގަޅު ބައިވެރިންގެ ގޮތުގައި ދެ ޤައުމު ދެމިތިބުމަކީ، ޗައިނާ އަދި އިންޑިއާއަށް ވެސް އެންމެ ރަނގަޅު ގޮތެވެ. އަދި މުސްތަޤުބަލުގައި ދެ ޤައުމުގެ ގުޅުން އިތުރު ދާއިރާތަކަށް ފުޅާކޮށް، ދިމާވެދާނެ ގޮންޖެހުންތަކާއި ކަންބޮޑުވުންތަކުން އަރައިގަތުމަށް، އެކުގައި މަސައްކަތް ކުރެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ޝީ ވިދާޅުވިއެވެ. ދުނިޔޭގެ ނިއުކްލިޔަރ ވަރުގަދަ ދެ ބާރުގެ ގޮތުގައި އޮތް، އިންޑިއާ އާއި ޗައިނާ ވަކިވެފައިވަނީ 3،800 ކިލޯމީޓަރުގެ ސަރަޙައްދީ ރޮނގަކުންނެވެ. ދެ ޤައުމުގެ ސަރަޙައްދީ ރޮނގާމެދު 1950ވަނަ އަހަރުން ފެށިގެން ދެ ޤައުމުގެ މެދުގައި އެކި ފަހަރުމަތިން ވަނީ ޚިލާފުތައް އުފެދިފައެވެ.
މިގޮތުން، 2020ވަނަ އަހަރުގެ ތެރޭގައި، ހިމާލަޔާ ފަރުބަދަ ކައިރީގައި އިންޑިއާ އާއި ޗައިނާގެ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އިންޑިއާ ސިފައިންގެ 20 މީހުންނާއި ޗައިނާ ސިފައިންގެ ހަތަރު މީހުން ވަނީ މަރުވެފައެވެ. އޭރު ވަރަށް ބޮޑަށް ހީނަރުވި ގުޅުން ރަނގަޅުކުރުމަށް، މިދިޔަ އަހަރުގެ ތެރޭގައި ދެ ޤައުމުން މަސައްކަތް ފަށައި، މަތީފަންތީގެ ގިނަ ބައްދަލުވުންތަކެއް ވަނީ ބާއްވައިފައެވެ. އެއާ އެކު، މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާ އާއި ޗައިނާއާ ދެމެދު ވަނީ ވައިގެ ސީދާ ދަތުރުތައް އަލުން ފަށައި، ވިޔަފާރީގެ ރޮނގުން ވެސް އެކުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ފަށައިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
