
(ފޮޓޯ ކްރެޑިޓްސް: ސާފް)
ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް) އިން ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތާރީޚީ ތަށި، ދިވެހިރާއްޖެއިން މިވަނީ ފަނޑުނުވާނެފަދަ ފުރިހަމަކަމެއް ލިބިގެންވާ މޮޅުވުމުގެ ރެކޯޑަކާއެކު ޙާސިލްކޮށްފައެވެ. މިއީ މުޅި ޤައުމު ފަޚުރުވެރިވާފަދަ ކާމިޔާބީއަކަށްވާއިރު، މި ކާމިޔާބީ ފާހަގަކުރުމަށް، ސަރުކާރާއި، ގުޅުންހުރި މުއައްސަސާތަކާއި އިދާރާތަކާއި އަމިއްލަ ފަރުދުން ވެސް އަންނަނީ ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ. މުޅި ދިވެހިން އުފާކޮށްދިން ޤައުމީ ފުޓްސަލް ޓީމު ރާއްޖެ އަންނާނީ މިރެއެވެ.
ޤައުމީ ފުޓްސަލް ޓީމުން މި ސަރަހައްދުގެ އެއްވަނަ ހޯދައިގެން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ބޯޓު ވެލާނަ އިންޓަނޭޝަނަލް އެއަޕޯޓަށް ޖެއްސުމާއެކު އުފާ ފާޅުކުރުމައި މަރުހަބާ ކިއުމުގެ ހަރަކާތްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަމައިން ފެށޭނެއެވެ. އެގޮތުން ވީއައިޕީން ޓީމަށް މަރުހަބާ ކިއުމާއި، އެއަޕޯޓުން ޓީމު މާލެ އައުމަށްފަހު އަމީނީ މަގާއި މަޖީދީ މަގުން ޕިކަޕުގައި އާންމުންނަށް ފެންނަ ގޮތަށް ޓްރޮފީއާއެކު ޓީމުން ދަތުރު ކުރާނެއެވެ. އަދި އާޓިފިޝަލް ބީޗަށް އައިސް ބީޗުގައި އޮންނަ ހަރަކާތްތަކުގައިި އާންމުންނާއެކު ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިން ބައިވެރިވާނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
މި ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ބާއްވާ ޙާއްސަ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި ކުޅީވަރާ ބެހޭ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ހަރަކާތުގެ ތެރެއިން ރައީސް، ޤައުމީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވާނެއެވެ. އަދި ރައީސްގެ އަތްޕުޅަށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޓްރޮފީ އެރުވުމަށް ވެސް ހަމަޖެހިފައިވާއިރު ހަވާ އެރުވުމުގެ ޙާއްސަ ހަރަކާތެއް ވެސް މިރޭ އޮންނާނެއެވެ. ސަރުކާރުގެ އިތުރުން، އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މި ހަރަކާތްތަކަށް ތައްޔާރުވަމުންނެވެ. އެގޮތުން ޓީމާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން ޤައުމީ ޖާޒީ ގަނެ، ތަރުހީބު ދިނުމަށް ބޭނުންކުރާނެ އާލާތްތައް ގަތުމުގެ މަސައްކަތް ވެސް ގިނަބަޔަކު އަންނަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
