
ނިމިދިޔަ ޑިސެންބަރު މަހު ރާއްޖޭގެ ރިސޯޓުތަކުން ދިން ސަރވިސް ޗާޖުތަކަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް ދީފައިވަނީ ވޮލްޑޯފް އެސްޓޯރިއާ އިތާފުށި މޯލްޑިވްސްއިންނެވެ. އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ސަރވިސް ޗާޖުގެ ގޮތުގައި 4,117 ޑޮލަރު (63,484 ރުފިޔާ) ލިބިފައިވާއިރު، މިއީ މި ފަހުން ރިސޯޓު މުވައްޒަފުންނަށް އެންމެ ގިނައިން ފައިސާ ލިބުނު އެއް މަހެވެ. މީގެ އިތުރުން ރާއްޖޭގެ އިތުރު 8 ރިސޯޓަކުން 1,000 ޑޮލަރަށްވުރެ މަތިން ސަރވިސް ޗާޖު ދީފައިވާކަން ރިސޯޓު ވޯކާސް މޯލްޑިވްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ވަޒީފާއާ ބެހޭ ގާނޫނު ބުނާގޮތުން ފަތުރުވެރިކަމުގެ ހިދުމަތްތަކުން މަދުވެގެން 10 އިންސައްތަ ސަރވިސް ޗާޖުގެ ގޮތުގައި ނަގައި، ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބަހަންޖެހެއެވެ. އާންމުގޮތެއްގައި ޑޮލަރުން މި ފައިސާ ދެމުން އައި ނަމަވެސް، މިހާރު ބައެއް ރިސޯޓުތަކުން ދިވެހި ރުފިޔާއިންވެސް ސަރވިސް ޗާޖު ދެމުންގެންދެއެވެ. މިދިޔަ މަހު ގިނަ ރިސޯޓުތަކުން މުވައްޒަފުންނަށް ބަހާފައިވަނީ 500 އާއި 1,000 ޑޮލަރާ ދެމެދުގެ އަދަދުތަކެކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
